މަރުން ސަލާމަތްވޭތޯ ގެދޮރު ވިއްކާފަވެސް ބޭސްކުރާއިރު ނަރަކައިން ސަލާމަތްވުމަށް އެއްވެސް ޚަރަދެއް ނުކޮށް ކުރެވެންހުރި ހެޔޮ ޢަމަލުތައް ނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަރުން ސަލާމަތްވޭތޯ ގެދޮރު ވިއްކާފަވެސް ބޭސްކުރާއިރު ނަރަކައިން ސަލާމަތްވުމަށް އެއްވެސް ޚަރަދެއް ނުކޮށް ކުރެވެންހުރި ހެޔޮ ޢަމަލުތައް ނުކުރަނީ ކީއްވެ؟

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ! 

"މަރުން ސަލާމަތްވެވޭތޯ އެންމެންވެސް މަސައްކަތްކުރެއެވެ. ބަލިވިވުމުން ބޭސްފަރުވާކުރާނެ ފައިސާ އަތުގައި ނެތްނަމަ ސަލާންޖަހައިގެންވެސް ފައިސާ ހޯދަން މަސައްކަތްކުރަމުއެވެ. ސަލާން ޖަހައިގެން ނުލިބުނު ނަމަ ގެދޮރު ވިއްކައިގެންވެސް ބޭސްފަރުވާކުރާނެ ފައިސާ ހޯދަން މަސައްކަތް ކުރެއެވެ.

ބޭސްފަރުވާކުރުމުގެ ކަންކަމަށް މިހައި ބޮޑު ސަމާލުކަމެއްދެމުން ގެންދާއިރު ކުރިއަށް އޮތީ އެއަށްވުރެ މާބޮޑުކަމެކެވެ. ސުވަރުގެ އާއި ނަރަކަ އާއި ދެތަނުންކުރެ އެމީހަކު ދާންބޭނުންވާ  ތަނަކަށް ދިއުމަށް ކުރަންޖެހޭ ދަތުރެވެ.

އެހެންކަމާއިއެކުގައިވެސް ނަރަކައިން ސަލާމަތްވުމަށް ކުރަންޖެހޭ ހެޔޮ ޢަމަލުތައް ކުރަނީ ވަރަށް މަދު މީހެކެވެ. ޙަޤީޤަތަކީ ހެޔޮ އަމަލުތައްކުރުމުން ނަރަކައިން ސަލާމަތް ވެވިދާނެކަމާއި ގެދޮރު ވިއްކާލާފައި ހޯދައިގެންކާ ބޭހެއްގެ ސަބަބުން ނުވަތަ އެބޭހަކަށް މަރުވުމުން ސަލާމަތް ނުވެވޭނެކަމެވެ!" 

ހެޔޮ އަމަލުކުރުމަކީ އެއްވެސް ޚަރަދުތަކެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެންމެ ބޮޑު ކަމަކީ ނަމާދުކުރުމެވެ. ވުޟޫކޮށްލައިގެން ނަމާދުކުރަންވީއެވެ. ވުޟޫކުރާނެ ފެން ގެއިން ލިބުން ދަތިނަމަ މިސްކިތްތަކުން ވުޟޫކޮށްގެން ނަމާދުކުރަންވީއެވެ. ހަމައެކަނި ބޭނުންވާނީ ވަޤުތުކޮޅެކެވެ.

މިއަދަކީ މިކަންކަމަށް ވިސްނާލަން އޮތް ދުވަހެވެ. ބޭސްފަރުވާ ނުކުރެވިގެން ދުނިޔެދޫކުރަންޖެހުނަސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ދުނިޔޭގައި އެމީހަކު އުޅުނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނަމަ އެމީހަކު އެދަނީ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެ ޙަޟްރަތަށެވެ. ވީމާ ސަމާލުކަންދޭންވީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެ ދޫކުރުމަށެވެ. ހިތާމައަކީ މިކަންކަން ގިނަބައަކަށް ވިސްނައި ނުގަނެވޭ ކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

 

މިއަދު އޮންލައިން