ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ!
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟" (އަލް ޤަމަރު: 17)
ހިތުދަސްކުރަން އެންމެ ފަސޭހަ ފޮތަކީ ޤުރްއާންކަން ދުނިޔެ ވެސް ޤަބޫލުކުރެއެވެ. އެއީ " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވެވީމެވެ..." އޮތް ވަޙީ ބަސްފުޅުގެ ތެދުކަމެވެ. ޤުރްއާނުން ހިތްފުރާލަން މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ޤުރްއާން އުނގެނެން މަސައްކަތްކުރާ މީހަކަށް އެކަން ލުއިފަސޭހަކޮށްދެއްވަވާނެތެވެ. އަދި ޤުރްއާނަށް ޢަމަލުކުރަން ބޭނުންވާ މީހާއަށް އެކަމަށްވެސް މަގުފަހިކޮށްދެއްވަވާނެތެވެ!
ވީމާ ޢުމުރުން ދުވަސްވުމަކީ ޤުރްއާން އުނގެނެން އޮތް ހުރަހެއް ކަމަށް ނުދެކޭށެވެ! ހިތްވަރާއިއެކު މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން