ޢުމަރުގެފާނު ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެންނެވި ދުވަސް ބައްދަލުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޢުމަރުގެފާނު ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެންނެވި ދުވަސް ބައްދަލުކޮށްފި!

"ކާފިރުން އެމީހުން ﷲ އަށް އީމާން ނުވާތީ އެކަމަށް ފަޚުރުވެރިވާ ދުވަހަށާއި މުސްލިމުން އެމީހުންގެ އީމާންކަން ހާމަކުރަން ލަދުވެތިވާ ދުވަހާއިމެދު ބިރުވެތިވެވަޑައިގަންނަވަމެވެ."

-ޢުމަރުގެފާނު 

މިއަދު "ކާފިރުން އެމީހުން ﷲ އަށް އީމާން ނުވާތީ އެކަމަށް ފަޚުރުވެރިވެއެވެ!" އަދި މުސްލިމުންގެ ތެރެއިން ބައަކު ނަމަވެސް އެމީހުންގެ އީމާންކަން ހާމަކުރަން ލަދުވެތިވެއެވެ.     

މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނު އެދުވަހަކާއިމެދު ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެންނެވި އެދުވަސް މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ! ބިރުވެތިވެ ރައްކައުތެރިވާށެވެ! 

ކާފިރުން އެމީހުން ބޭނުން ކަންކަމަށް ފަޚުރުވެރިވޭވެ ތިބެން ދޫކޮށްލާށެވެ! މުސްލިމުން އަބަދުވެސް ތިބެންވާނީ މުސްލިމުންގެ ގޮތުގައެވެ. އެކަމަށް ފަޚުރުވެރިވުންމަތީގައެވެ. އެއީ ވަންހަނާކުރަން ޖެހެންވީ ކަމެއް ނޫނެވެ. ފައުޅުކުރަންވީ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން