ތިމާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ނުކޮށް އަތްއުރާލައިގެންހުރެ ރިޒުޤް އިތުރުވުމަށް އެދުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިމާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ނުކޮށް އަތްއުރާލައިގެންހުރެ ރިޒުޤް އިތުރުވުމަށް އެދުމެއް ނެތެވެ!

ކޮންމެ މީހަކުވެސް ރަން މަލާފަތް ބޭނުންވެއެވެ. އެއް މަލާފަތް ލިބިއްޖެ ނަމަ ދެވަނަ މަލާފަތްވެސް ބޭނުންވެއެވެ. އަދި އެއީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް އެދި ނިމޭނެ ކަމެއް ނޫނެވެ. ނަމަވެސް ހޯދަން މަސައްކަތް ކުރާނެ ހިތްވަރެއް ނުހުރެއެވެ. އަބަދުވެސް ތިއަ އުޅެވެނީ އެކުވެރިންނާއިއެކު މަޖާކުރާށެވެ! ގެއަށް އަތުވެއްޖެ ނަމަ އޮންނަނީ ނިދާށެވެ! އެކަމަކު ވެސް ހަމަ ރަންފޮށިވެސް އިންތިހާއަށް ބޭނުންވެއެވެ.

މުސްލިމުންގެ ގޮތަކަށްވާން ޖެހޭނީ ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި އޮތް މަގުން އަމަލުކުރުމެވެ. އެއީ މަސައްކަތްކުރުމާއިއެކު ވާގިއެދުމެވެ. ދުޢާ ކުރުމެވެ. ވީމާ އަހަރެމެން ކޮންމެ މީހަކީވެސް މި މަގުން މަސައްކަތްކުރާ މީހަކަށްވާން އެބަޖެހެއެވެ.

ތިމާ އެދޭފަދަ މީހަކަށް ނުވެގެން، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލު ނުކުރެވިގެން ގޭގެ އެނދުގައި އޮތުމަކުން ނުވަތަ ސޯފާގައި އިނދެ ޓީވީ ބެލުމަކުން މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ! އަދި ހޯދޭނެ ކުރިއެރުމެއް، ކާމިޔާބެއްވެސް ނޯންނާނެއެވެ. އުޞޫލެއްގެ ގޮތުން ކާމިޔާބީއަކީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ.

ކުރިއެރުމާއި ކާމިޔާބީއަށް އެދޭނަމަ ދޫނި ފަދައިން ކޮންމެ ދުވަހަކު ވެސް ފަތިހާ ތެދުވެ މަސައްކަތް ފަށާށެވެ! އުދުހޭށެވެ! މުޅި ޖައްވުގައި އުދުހޭށެވެ! ރިޒްޤް ލިބިދާނެހެން ހީވާ ސަރަހައްދުތަކަށް ގޮސް އަތްފުނާ އަޅާށެވެ! އެކަމަށް މަސައްކަތްކުރުން މަނާ އެއްވެސް ސަރަހައްދެއް ނެތެވެ.

ރިޒްޤު ހޯދަން މަސައްކަތް ކުރާށޭ ބުނި ބަހުގެ މާނައަކީ ހާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެކެވެ. ﷲ ތައާލާ ހުއްދަ ކުރެއްވެވި ކޮންމެ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން