ފަސޭހައިން ރުޅި އާދެވޭނަމަ އެއީ ތިބާގެ މައްޗަށް ޝައިޠޯނާގެ ބާރު ގަދަކަމެވެ. އެއްވެސް ބޭހަކަށް ޝައިޠޯނާގެ ބާރު ކަނޑުވާލައި ފައްސައެއް ނުލެވޭނެއެވެ.
ވީމާ ފަސޭހައިން ރުޅި އާދެވޭނަމަ ނަފްސާނީ ބައްޔަށް ބޭސް ކެއުމުގެ ބަދަލުގައި ﷲ ހަނދުމަކުރުން ގިނަކުރާށެވެ! ގިނައިން ﷲ ހަނދުމަކުރާ މީހާ އާއި ޝައިޠޯނާއަށް ވައިވެސް ނޭޅެވޭކަން އެއީ ޔަޤީން ތަޖުރިބާއެކެވެ! އިން ޝާ ﷲ
ﷲ ހަނދުމަކުރުމުން އެމީހާގެމަތިން ﷲ ހަނދުމަކުރައްވަވަތެވެ! އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ އަޅަކާއި ވައިއެޅުމަކީވެސް އެއްޗަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަގުތުވާވަރަކުން ﷲ ހަނދުމަކުރުން ގިނަކުރާށެވެ!
އެއރުން ސަލާމަތްކަން ލިބި ދުރުހެލިވެވޭނީ ހަމައެކަނި ރުޅިއިސްކުރެވުމަކާއިއެއް ނޫނެވެ! ފާފަކުރެވުމާއިވެސް ދުރުހެލިވެވޭނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން