ހިނިތުންވާން ނޭނގޭ މީހުން ކައިވެނި ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހިނިތުންވާން ނޭނގޭ މީހުން ކައިވެނި ނުކުރާށެވެ!

ހިނިތުންވާން ނުދަންނަ މީހުން ނުވަތަ ހިނިތުންވުމުގެ އާދަ ނެތް މީހުން ކައިވެނި ނުކުރާށެވެ! އަދި ފިހާރައެއްވެސް ނުހުޅުވާށެވެ! އެހެންމީހުންނާއި އެއްވެސް ކަމެއްގައި ކުރިމަތިލާން ނުހަދާށެވެ! ކާމިޔާބު ކުރެވުމަކީ ވަރަށް ނާދިރުކަމެކެވެ.

ފުރަތަމަ ކަމަކީ ކައިވެންޏެވެ. އެމީހާއަކީ ހިނިތުންވުމުގެ އާދަ ނެތް މީހެއް ނަމަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބޭނެ އުފާވެރިކަމެއް ނެތެވެ. އެހިސާބުން ގެއްލިގެން އެދަނީ ކައިވެނީގެ އުފާވެރިކަމުގެ ދެބައިކުޅަ އެއްބައެވެ. ވީމާ އުފާވެރި ދިރިއުޅުމެއް އުޅެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ހިނިތުންވާން ނޭނގޭ ފިހާރައެއް ނުހުޅުވަން މިބުނި ބަހަކީ ޗައިނާގެ ހަރުބަހެކެވެ. ސަބަބަކީ އެމީހެއްގެ ކިބައިގައި ހިނިތުންވުން ނެތް މީހެއްގެ ފިހާރައަށް ދާން ކަސްޓަމަރުން ބޭނުން ނުވާނެ ކަމެވެ. އެފަދަ މީހެއްގެ ފިހާރައަށް ދާހިތް ނުވާނެ ކަމެވެ. އަދި ކަސްޓަމަރުންނަށް ހިނިތުން ވެގެން ނޫނީ ތަކެތި ވިއްކުން އިތުރު ނުކުރެވޭނެތީއެވެ.

ވިސްނައިލަންވީ "ތަނަވަސްކަމުން ނުވަތަ ފައިސާއިން މީހުންގެ ހިތުގެ ލޯބި ނުހޯދޭނެ ކަމަށް، ނުވަތަ ހިތްހަމަޖައްސައި ނުދެވޭނެ ކަމަށާއި ނަމަވެސް ހިނިތުންވެގެންނާއި ހެޔޮކޮށް ހިތުމުން މީސްތަކުންގެ ލޯބި ހޯދޭނެ" ކަމަށް އޮންނަ ޙަދީޘް ބަސްފުޅަށެވެ.

މިކަމުގެ ހެއްކަކީ ކިތަންމެ އަގުބޮޑު ހަދިޔާ ދިން ނަމަވެސް މީސްތަކުންގެ ލޯބި ނުހޯދޭކަމެވެ. މީސްތަކުންގެ ކީއްކުރަން ހެއްޔެވެ؟ ފުރެންދެން ރަނުގެ ގަހަނާ ދިން ނަމަވެސް އަނބިންނާއިމެދު ހަރުކަށިކޮށް ޢަމަލުކުރާނަމަ އަނބިންގެ ލޯބިވެސް ނުހޯދޭ ކަމެވެ.

ހިނިތުންވުމަކީ ވެސް ޞަދަޤާތެއްކަމުގައި ލައްވަވާފައި އެވަނީ މިސަބަބުތަކަށްޓަކައެވެ. މީސްތަކުންނާއި ބައްދަލުކުރާއިރު ހިނިތުންވެ ހުރުމަކީ ސުންނަތެކެވެ. އަދި ކީއްހެއްޔެވެ؟ އެކަމުގައި ރަސޫލް ﷺ ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ބައެއް ޞަޙާބީންވަނީ އެބޭކަލުންނަށް ފެނިވަޑައިގެންނެވި، އެންމެ ގިނައިން ހިނިތުންވެވަޑައިގަންނަވާ ބޭކަލަކީ ރަސޫލް ﷺ ކަމަށް ބަޔާންކުރައްވަވައިފައެވެ.

Jarir ibn Abdullah reported: The Messenger of Allah, peace and blessings be upon him, never avoided me ever since I embraced

Islam. I would never see him but with a smile on his face.

Source: Ṣaḥīḥ Muslim 2475

Grade: Sahih (authentic) according to Muslim

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން