ސުވާލު:. އަޅުގަނޑު ކައިވެނި ކުރިދުވަހު ކައިވެނިކޮށް ނިމިގެން ގެއަށް އައިސް ކައިވެނީގެ ރަނުގެ ލާރި އަޅުގަނޑުގެ ބައްޕައަށް ހަދިޔާ ކުރީމާ މީހަކު ބުނި ކައިވެނި ޞައްޙައެއް ނުވާނެޔޯ. ކައިވެނީގެ ރަން ބޭނުންކުރަން ޖެހޭނީ އަނބިމީހާޔޯ. މިކަމުގައި ވިދާޅުވަނީ ކީކޭތޯ؟
ޖަވާބު:. ކައިވެނި ޞައްޙަވާނެ. ކައިވެނީގެ ރަނަކީ އަންހެންކުއްޖާގެ މިލްކެއް. އޭނާ ބޭނުން މީހަކަށް ދެވިދާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް