ޢުމްރާ ނިންމާފަ ރާއްޖެ އަންނަން މަދީނާއިން ފްލައިޓް ނައްޓާލިތަނާ ޖެހުނު ކޮޅިގަނޑުގެ ބާރުގަދަކަމުން ރާއްޖެ ނާދެވިދާނެ ކަމަށްވެސް ހީވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޢުމްރާ ނިންމާފަ ރާއްޖެ އަންނަން މަދީނާއިން ފްލައިޓް ނައްޓާލިތަނާ ޖެހުނު ކޮޅިގަނޑުގެ ބާރުގަދަކަމުން ރާއްޖެ ނާދެވިދާނެ ކަމަށްވެސް ހީވި!

ޢުމްރާ ދަތުރު ނިންމާފައި ރާއްޖެ އަންނަން ފްލައިޓުގައި ނައްޓާލިތަނުން ވަރަށް ބާރުގަދަ ކޮޅިގަނޑެއްޖެހި ރާއްޖެއަށް ނައުދެވިދާނެ ކަމަށްވެސް ހީވިއެވެ. 

ފްލައިޓަށް ނުވާގޮތެއް ނެތެވެ. އެވަރަށް ތެޅުވިއެވެ. އެއްއަތަށް އަރިވާވަރުން ފުރޮޅާލަނީވެސް ހީވާފަހަރު ދިއައެވެ. ބައެއް މީހުންނަށް ބާރަށް ރޮވުނެވެ. ނަމަވެސް އެންމެ އުފާވިކަމަކީ އެންމެންވެސް ހެޔޮދުޢާކުރުންމަތީގައި ސާބިތުވެ ތިބިކަމެވެ. 5 މިނިޓެއްހައިއިރަށް ކުރިމަތިވި ކަންތައްތައް ނިމެންދެންވެސް ދުޢާކުރުންމަތީގައި ދެމިތިބިކަމެވެ. 

އެވަގުތު ހިތަށް އެރިއެވެ. ފްލައިޓު ވެއްޓުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ މިތިބީ ޢުމުރާވެގެންނެވެ. ވެއްޓޭނީ މަދީނާއަށެވެ. މަރުވާނީ މަދީނާގައެވެ. ވަޅުލެވޭނީ މަދިނާގައެވެ. އިރާދަކުރެއްވިއްޔާ ޤިޔާމަތް ދުވަހު ރަސޫލް ގެ ޝަފާޢަތް ލިބޭނެ އަޅުންގެތެރޭގައި ހިމެނޭނެއެވެ. އެހެންވެ މަރުވެދާނެތީ ދެރައެއް ނުވަމެވެ. 

ފްލައިޓުގެ ޕައިލެޓަކީ ވަރަށް ހުޝިޔާރު ޕައިލެޓެކެވެ. ހުރިހާ ކަމެއް ނިމި އަމާންވެގެން ދިއައިރުވެސް ކަންބޮޑުވެގެން އެންމެ ކުޑަމިނުން އެނައުންސްމަންޓެއްވެސް ނުދެއެވެ.

- މިމަހު ޢުމުރާއަށް ދިއަ މީހެއް

މިއަދު އޮންލައިން