ބައެއް މީހުން ތިބެނީ ރުޅި އަންނަން ފުރުބަތަކަށް ބަލަބަލައެވެ. ރުޅި އައިސް ތިމާގެ ބާރު ދައްކައިލާނެ ފުރުޞަތަކަށެވެ. އެމީހުންނަށް ހީވަނީ ކަމެއް ދިމާވާއިރަށް ބާރަށް އަޑުގަދަކޮށްފައި ދޮރުގައި ނުތަ ސޯފާގައި ނުވަތަ އެނޫންވެސް ތަނެއްގައި ބާރަށް ފައިން ޖެހުނުވަރަކަށް އޭނާގެ ޤަދަރާއި ބާރުވެރިކަން މަތިވެގެންދާނެ ކަމަށެވެ.
މިސާލަކަށް ބުނާނަމަ ފަހަރީގެ އަތުން ބިއްލޫރިތަށްޓެއް ތެޅުމުން ރުޅިގަދަވެ އެބަ މިބުނި ފަދަ ކަންކަން ކުރެއެވެ. ކާތަކެތީގެ ރަހަ ހުންނަން ބޭނުންވާ ފެންވަރުގައި ނެތުން ފަދަ ކުދިކުދި ކަންކަމުގައިވެސް މެއެވެ.
މިފަހަރު ތަށިވެއްޓުނީ ފަހަރީގެ އަތުންނެވެ. ތިބާގެ އަނބިމީހާގެ އަތުންވެސް ވެއްޓިދާނެއެވެ! ހަމަ އެހައި ފޯރި ދައްކައިވެސް ލެވިދާނެއެވެ! ނިކަން ބުނެބަލާށެވެ! ތިބާގެ އަތުން ހަމަ ތަސްޓެއް ނުވެއްޓެނީހެއްޔެވެ؟ ނޫނީ ނުވެއްޓޭނީ ހެއްޔެވެ؟
ހަމަތެދަށް ބުނަމެވެ! މިފަދަ ކަންކަމުގައި ރުޅިގަދަކޮށް އަތްއިސްކޮށް، ބާރަށް ބަސްބުނެ ޕަވަރު ދައްކާ މީހުންނަކީ "ޓްރޫ" (ޙަޤީޤީ) މުސްލިމެއް ނޫނެވެ!
--މުފްތީ މެންކުގެ ދަރުސަކުން