ދަރަނިވެރިއަކު މަރުވެއްޖެނަމަ އެކަމުގެ ސަބަބުން ކައްވަޅުގައި އެމީހަކަށް ހޫނުކަން ލިބެއެވެ.: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ދަރަނިވެރިއަކު މަރުވެއްޖެނަމަ އެކަމުގެ ސަބަބުން ކައްވަޅުގައި އެމީހަކަށް ހޫނުކަން ލިބެއެވެ.: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ދަރަނިވެރިއަކު ދަރަނި އަދާނުކުރެވި ވަނިކޮށް މަރުވެއްޖެނަމަ އެކަމުގެ ސަބަބުން ކައްވަޅުގައި އެމީހަކަށް ހޫނުކަން ލިބެއެވެ. ދުނިޔޭގައި ތިބި މީހުން އެދަރަނި އަދާކޮށްފިނަމަ އެމީހަކަށް ފިނިކަން ލިބެއެވެ. މިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

މައިންބަފައިން ނުވަތަ ގާތްތިމާގެ މީހަކު ނުވަތަ ގާތް އެކުވެރިން މަރުވުމުން އެކަމަށްޓަކައި ހިތާމަކުރަމުއެވެ. އެހެންކަމާއިއެކުވެސް އެމީހަކަށް ފައިދާކުރާނެ ކަންކަން ކޮށްދޭން މަސައްކަތްކުރަނީ ވަރަށް މަދު މީހެކެވެ.

ޚަބަރުގައިވާ ވީޑިއޯއަކީ މީހަކު މަރުވުމަށްފަހު އެމީހަކަށް ފައިދާ ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި އެމީހާ ކޮށްފައިވާ ކަންކަމުގެ ތެރެއިން އެމީހަކަށް ފައިދާކުރާނެ ކަންކަމުގެ މައްޗަށް ބައްލަވާލައްވައި ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ދެއްވާފައިވާ ދަރުސެއްގެ ވީޑިއޯއެކެވެ.

މިއީ ހަމަ ކޮންމެ މީހަކުވެސް އަޑުއަހައިލުން މުހިންމު ދަރުސެއްކަން ފާހަގަކުރެވެއެވެ. މީހަކު މަރުވުމުން އެކަމާއި ދެރަވުމަކުން މަރުވިމީހާއަށް ކުރާނެ ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ އޭނާއަށް ފައިދާކުރާނެ ޢަމަލެއް ކޮށްފިނަމަ އެވެ.

 

ޝައިޚްގެ ދަރުސްގެ ވީޑިއޯ:

 

 

 

 

 

 

 

 

މިއަދު އޮންލައިން