ކީރިތި ޤުރްއާނުން އެންމެފަހުން ބާވައިލެއްވެވި އާޔަތް: ފައިދާހުރި ނަޞޭޙަތާ ގަދަފަދަ އިންޒާރުގެ ބަސްފުޅުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކީރިތި ޤުރްއާނުން އެންމެފަހުން ބާވައިލެއްވެވި އާޔަތް: ފައިދާހުރި ނަޞޭޙަތާ ގަދަފަދަ އިންޒާރުގެ ބަސްފުޅުތަކެއް!

ކީރިތި ޤުރްއާނުން އެންމެފަހުން ބާވައިލެއްވެވި އާޔަތް ކަމަށް ގިނަ ޢިލްމުވެރިން ބަޔާންކުރައްވަނީ އަލް ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. އެއާޔަތުގައި ﷲ ތަޢާލާ ވަނީ ފައިދާހުރި ނަޞޭޙަތާއި ގަދަފަދަ އިންޒާރުގެ ބަސްފުޅުތަކެއް ބަޔާން ކުރައްވަވައިފައެވެ.  

وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ 

"އެދުވަހެއްގައި، ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."

(އަލް ބަޤަރާ: 281) 

ކީރިތި ޤުރްއާން ބާވައިލެއްވެވީ 23  އަހަރު ދުވަހުގެ ތެރޭގައެވެ. އެންމަފުން ބާވައިލެއްވެވި އާޔަތަކީ މިއީކަމަށްވާއިރު މިއާޔަތުގައި އެވަނީ ކޮންމެ މުސްލިމަކު ހިތުގެ އެންމެ އަޑިން ޤަބޫލުކޮށް ޢަމަލުކުރަންޖެހޭނެ ކަންތައްތަކެއްގެ ވާހަކައެވެ. 

ޤިޔާމަތް ދުވަހަށް ބިރުވެތިވެ ރައްކައުތެރިވުމެވެ. އެމީހަކު ކުރި ކޮންމެ ކަމެއް ނުވަތަ ޢަމަލެއް އެމީހަކާއި ބައްދަލުކުރާނެ ކަމެވެ. އެކަންކަމަށް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާނެ ކަމެވެ. 

އެކަމުގައި އެއްވެސް މީހަކަށް ބޭޜއިންބާފު ނުކުރައްވަވާނެ ކަމެވެ. ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ އާޚީރަތް ދުވަހަށް ބިރުވެތިވުމާއި ޢަޛާބު ދެއްވަވާނެ އެއްވެސް ކަމެއް ނުކުރުމެވެ. ކުރާ ކޮންމެ ޢަމަލަކީ އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ ޢަމަލެއްކަމުގައި ހެދުމެވެ. 

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން