ޓެޓޫ ޖެހުމަކީ ކޫލްކަމެއް ނޫން! އެއީ ޙަރާމް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޓެޓޫ ޖެހުމަކީ ކޫލްކަމެއް ނޫން! އެއީ ޙަރާމް ކަމެއް!

ޓެޓޫ ޖެހުމަކީ މާ "ކޫލް" ކަމެއް ކަމަކަށް ދެކިގެން ޓެޓޫ ޖަހާ ޒުވާނުން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ ތެރެއިން ފެންނާތީ އެ ކަމާ މެދު އެއްޗެކޭ ދަންނަވައިލާނަމެވެ. 

ޓެޓޫއަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް މީހުން ޖަހާ އުޅުނު އެއްޗެކެވެ. އެހެނަސް، އިސްލާމްދީން ފައުޅުވުމަށް ފަހު، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެއީ ޙަރާމް ކަމެއް ކަމަށް އުންމަތަށް ބަޔާންކުރައްވައިފައެވެ. 

ޓޭޓޫ ޖަހައިދޭ މީހާއާއި ޖައްސުވާ މީހާއަށް ވެސް މާތް ﷲ ލަޢުނަތް ލައްވާނެ ކަމަށް އެކަލޭގެފާނު ވަނީ އިންޒާރުކުރައްވައިފައެވެ. މާތް ﷲގެ ލަޢުނަތަށް ހުށަހެޅިއްޖެ އަޅަކަށް ލިބޭނޭ އެއްވެސް ހެވެއް ނެތެވެ. ވުމާ އެކު، ވަޢީދުގެ ބަސްފުޅު އައިސްފައިވާ މިފަދަ ކަންކަމުން ދުރުވެ ތިބުމަށް ޒުވާނުންނަށް ނަޞޭޙަތްތެރިވަމެވެ. އެއީ "ކޫލް" ކަމެއް ނޫނެވެ. އެއީ ޖާހިލިއްޔަ ޒަމާނުގެ ޖަހާލަތުން އުފަންވެފައިވާ ޖާހިލު ކަމެކެވެ.

ސެކިއުލަރިސްޓުން އިސްލާމީ ޤައުމެއްގެ އިސްލާމީވަންތަކަން ނިއުޅައި ފޮހެލާނީ ފަހަރަކު ކަމެއް ނިއުޅަމުން ގޮހެވެ. އިސްލާމީވަންތަކަމުގެ އަޑާއި ކުލައާއި ވަސް ވެސް އެ މުޖުތަމަޢުން އެއްކޮށް ފިލައި ނުދަނީސް އެބައިމީހުން ހުއްޓައެއް ނުލާނެއެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ 

 

މިއަދު އޮންލައިން