ނިޢުމަތެއް ލިބުމުން އޮޅުވާނުލާށެވެ! އެއްވެސް މީހަކަށް އަނެކާއަށް ކޮށްދެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނިޢުމަތެއް ލިބުމުން އޮޅުވާނުލާށެވެ! އެއްވެސް މީހަކަށް އަނެކާއަށް ކޮށްދެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ!

މިއަދު ކަންކަން ފެންނަ ގޮތަށް ބަލާއިރު ތިބާ ދަތިޙާލެއްގައިވަނިކޮށް މީހަކު ފައިސާކޮޅެއް ދީފާނެއެވެ. އެޙާލަތުގައި އަވަސްގަނެވެނީ އޭނާގެ ދެފައިމައްޗަށްވެއްޓިގަނެ އޭނާއަށް ޝުކުރުވެރިވާށެވެ! ކުރުނީސްކޮށް ސަޖިދަވެސް ޖަހާށެވެ! އެމީހާ ބުނެފިނަމަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރަން ފަސްޖެހޭ މީހަކުވެސް މަދެވެ. 

އެއިރުން އެކުރެވެނީ ކީއްކަން އެނގޭހެއްޔެވެ؟ ތިބާއަށް އެފައިސާ ދެއްވެވި ފަރާތް ހަނދާންނެތިގެންދަނީއެވެ. މިހެން މިބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ!

ގިނަބައެއްގެ ހިތުގައި ދުނިޔޭގެ ދަހިވެތިކަން ބޮޑުވިވަރުން މީސްތަކުން މިހާރު އެންމެ ގިނައިން ޝުކުރުވެރިވަނީވެސް، ޘަނާ ކިޔަނީ އެމީހެއްގެ ބޭނުންތައް ފައްދައިދޭ މީހަކަށެވެ! އެކަން މިންވަރުކޮށްދެއްވެވި ﷲ ގެ މަތިން ހަނދާނެއްވެސް ނުހުރެއެވެ. 

ނިޢުމަތް އިތުރުވުމަށް އެދޭ މީހާ ﷲ އަށް ޝުކުރުވެރިވާށެވެ! ﷲ އަށް ޘަނާ ކިޔުން ގިނަކުރާށެވެ! އެހެނީ ތިބާއަށް އެފައިސާކޮޅު ދޭން އޭނާގެ ހިތަށް ވެއްދެވީ ﷲ ތަޢާލާއެވެ. އެހެން ނޫންނަމަ ތިބާއަށް އެފައިސާކޮޅު ދޭހިތެއް އޭނާ ނުވީހެވެ. 

މިދެއްކީ މާމާނަފުން، މީހަކަށް ނުވިސްނޭވަރުގެ ވާހަކައެއް ނޫނެވެ. ހަމަ ކޮންމެ މުސްލިމަކަށްވެސް ނުހަނު ފަސޭހައިން ވިސްނި ޤަބޫލުކުރެވޭނެ ވާހަކައެވެ. ހިތާމައަކީ ޤަބޫލުކުރެވުނަސް ޢަމަލުން އެކަންކަން ނުދެއްކޭ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން