އައުރަ ނިވާކުރުމަކީ ހަމައެކަނި ބޮލުގައި ފޮތިކޮޅެއް އޮޅައިލުމެއް ނޫނެވެ. އެއީ އެއަށް ވުރެން ބޮޑު ކަމެކެވެ.
ހިތް މައްޗަށް ފުރަތަމަ ގެންނާންވީ އެކަން ކުރާ މަޤްޞަދެވެ. އެ ކަން ކުރަނީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށެވެ. މާތް ﷲ ގެ އަމުރުފުޅަކަށް ވާތީ އެޔަށް ބޯލެނބުމުގެ މަޤްޞަދުގައެވެ. އާޚިރަތް ބާއްޖަވެރިކުރުމުގެ މަޤްޞަދުގައެވެ.
އެ މަޤްޞަދު ޙާސިލުކުރާން އައުރަ ނިވާކުރާ މީހަކު އެ ކަން ކުރާނީ އެ އިލާހު ރުއްސަވާ ފަދަ ގޮތަކަށެވެ. އޭނާގެ ހެދުމެއް ގަޔަށް ބާރެއް ނުވާނެއެވެ. ޖިންސާއި ޓޮޕަކަށް އެ ހެދުމެއް ނުވާނެއެވެ. ވަނާތައް ހާމަވާ ފަދަ ހެދުމަކަށް އެ ހެދުމެއް ނުވާނެއެވެ.
ޒުވާނުންނޭވެ! ކުރާ ކަމެއް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެދި ކުރާށެވެ. އެ ކަމެއް ކުރުމަށް އޮތް ގޮތަކީ ކޮބައިތޯ ބަލައިގެން އެކަމެއް ކުރުމަށް އޮތް މަގުން އެކަމެއް ކުރާށެވެ. އޭރުން މަގު އޮޅިގެނެއް ނުދާނެއެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ