ވާހަކަދައްކާއިރު ވީހާގިނައިން ﷲ ގެ ނަންފުޅު ގެނައުމަކީ ވަރަށް ފައިދާބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ވާހަކަދައްކާއިރު ވީހާގިނައިން ﷲ ގެ ނަންފުޅު ގެނައުމަކީ ވަރަށް ފައިދާބޮޑުކަމެއް!

މިހާރަކަށް އައިސް ދައްކާ ވާހަކައިގައި ﷲ ތަޢާލާގެ ނަންފުޅު ގެންނަން ބޭނުންނުވާ މީހުން އެބައުޅެއެވެ. ނުވަތަ ﷲ ގެ ނަންފުޅު ގެންނަން ޖެހިލުންވާ މީހުން އެބައުޅެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. 

މިހެން މިބުނަނީ "ﷲ މިންވަރުކުރެއްވިއްޔާ" އަބަދުވެސް ހިތުގައި އޮންނަ ކަމަށް ބުނެ ދުލުން ނުކިޔާ ބައަކު އުޅޭތީއެވެ. އަހަރެމެންނަށް އޮތީ ވީހައި ގިނައިން އިން ޝާ ﷲ ކިޔުމެވެ. 

މިހިރީ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. ކޮންމެ މީހަކީ ވެސް ﷲ ތަޢާލާގެ ނަންފުޅު މަތިވެރިކޮށް ޙުކުމްފުޅުތައް ބިންމަތީގައި ތަންފީޒުކުރަން މަސައްކަތްކުރާ މީހަކަށް ވާންވާނެއެވެ! މުސްލިމް ނޫން މީހަކާއި ވާހަކަ ދެއްކި ނަމަވެސް "އިފް ގޯޑް ވިލިންގ" ބުނުމުގެ ބަދަލުގައި އިން ޝާ ﷲ ބުނާށެވެ! 

ހަމައެއާއިއެކު ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ! ކަންކަމަށް އެދި ގިނަގިނައިން ދުޢާކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން