ކީރިތި ޤުރްއާނުގައިވާ މި ސަތިރީސް ކަންތައް އެނގޭ ހެއްޔެވެ؟

ކިޔުމަށް ހޭދަވާނީ 3މ 9ސ
ކީރިތި ޤުރްއާނުގައިވާ މި ސަތިރީސް ކަންތައް އެނގޭ ހެއްޔެވެ؟

އެނގޭތަ:

1. ކީރިތި ޤުރްއާނުގައިވާ އެންމެ ދިގު ސޫރަތަކީ (ސޫރަތުލް ބަޤަރާ)

2. ކީރިތި ޤުރްއާނުގައިވާ އެންމެ ކުރު ސޫރަތަކީ (ސޫތުލް ކައުޘަރު)

3. ކީރިތި ޤުރްއާނުގައި އެންމެ ރަނގަޅު ބުއިމެއް ކަމުގައި ބަޔާން ކުރައްވާފައިވަނީ (ކިރު)

4. ކީރިތި ޤުރްއާނުގައި އެންްމެ ރަނގަޅު ކާއެއްޗެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (މާމުއި)

5. ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތަކީ (އާޔަތުލް ކުރުސީ)

6. ކީރިތި ޤުރްއާނުގައިވާ އެންމެ ދިގު އާޔަތަކީ (ސޫރަތުލް ބަޤަރާގެ 282)

7. ކީރިތި ޤުރްއާނުގައިވާ އެންމެ ކުރު އާޔަތަކީ (مدهامتان)

8. ابغض الحلال ގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (ވަރި)

9. ކީރިތި ޤުރްއާނުގައި ބަޔާކުރައްވަފައިވާ އެންމެ ދިގު އަދަދަކީ (ސަތޭކަ ހާސް)

10. ކީރިތި ޤުރްއާނުގައިވާ އެންމެ ދިގު ކަލިމައަކީ (فاسقيناكموه/ الحجر 22)

11. ކީރިތި ޤުރްއާނުގައި އެންމެ ގިނައި ބޭނުން ކުރައްވާއިވާ އަކުރަކީ (الف)

12. ކީރިތި ޤުރްއާނުގައި އެންމެ މަދުން ބޭނުން ކުރައްވާއިވާ އަކުރަކީ (الظاء)

13. ކީރިތި ޤުރްއާނުގައި އެންމެ މާތް ރެއެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (ليلة القدر)

14. ކީރިތި ޤުރްއާނުގައި އެންމެ މާތް މައްސަރުގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (شهر رمضان)

15. އެންމެ ބޮޑު حيوان ގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (ބޮޑުމަސް)

16. އެންމެ ކުޑަ حيوان ގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (މަދިރި)

17. ކީރިތި ޤުރްއާނުގައިވާ އެންމެ މާތް ސޫތަކީ (ސޫރަތުލް ފާތިޙަ)

18. ކީރިތި ޤުރްއާނުގައި ހިމެނިގެންވަނީ (30 ޖުޒުއު)

19. އެކަލާނގެ ނިޢުމަތްތަކުގެ ވާހަކަ އެންމެ ގިނައިން ބަޔާން ކުރައްވާފައިވަނީ (سورة النحل)

20. ހުވައި ގެ އާޔަތްތައް އެންމެ ގިނައިން ބަޔާން ކުރައްވާފައިވަނީ (سورة الشمس)

21. أسماء الحسني ގެ ގޮތުގައި ބަޔާން ކުރައްވާފައިވަނީ (الله)

22. ނަބީބޭކަލެއްގެ ނަންފުޅަކަށް އެންމެ ގިނައިނަ ބަޔާން ކުރާފައިވަނީ (މޫސާގެފާނު)

23. އެންމެ މަދުން ނަންފުޅު ބަޔަން ކުރައްވާފައިވާ ނަބީ ބޭކަލުންނަކީ (ذوالكفل، اليسع، الياس، إدريس)

24. ކީރިިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ މޭވާއަކީ (މޭބިސްކަދުރު)

25. ސުވަރުގޭގެ އަހުލުވެރިންގެ ފުރަަތަމަ ކެއުމަކީ (زيادة كبد الحوت)

26. ބިމުގެ އަހުލުވެރިންގެ ތެރެއިން އެންމެ އަބާއްޖަވެރި ބޮޑު އާޒާބެއް ލިބެނީ (قابيل، عاقر الناقة)

27. އެކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރި ޢަމަލީ (ނަމާދު)

28. ނަބީބޭކަލުން ނާއި އެންމެ ދެކޮޅުވެރި ބަޔަކީ (ޔަހޫދީން)

29. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަކީ (އަލްފިރުދައުސް)

30. ޔަޤީން ކަމުގެ އެންމެ މަތިވެރި ދަރަޖައަކީ (حق اليقين)

31. މައިން ބަފައިންނަށް އުރެދުމުގެ ގޮތުން ބުނެވޭ އެންމެ ކުޑަ ބަހަކީ (އުއްފު)

32. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި ޛިކުރަކީ (ކީރިތި ޤުރްއާން ކިޔެވުން)

33. އެންމެ މުއްސަިދ މީހެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވަނީ (ޤާރޫން)

34. އެންމެ ބޮޑު ޢަޒާބެއް ލިބި ނަރަކައިގެ އެންމެ އަޑީގައި ތިބޭނީ (މުނާފިޤުން)

35. ސުވަރުގެ ގޭގެ އަހުލުވެރިންގެ އެންމެ ޝަރަފުވެރި ބުއިމަކީ (އައްތަސްނީމް)

36. ޤިޔާމަތް ދުވަހު ކުރިމަތިވާނެ އެންމެ ބޮޑު އުނދަގުލަކީ (ޞިރާތު މަގު ހުރަސްކުރުން)

ރިފަރެންސް: ޑރ. މޫސާ އަންވަރު ޙަސަން

މިއަދު އޮންލައިން