މަރުވެދާނެތީ ބިރުގަނޭހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާގެ ކިބައިގަ ޒިންމާތަކެއް އެބަވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މަރުވެދާނެތީ ބިރުގަނޭހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާގެ ކިބައިގަ ޒިންމާތަކެއް އެބަވެއެވެ!

ކޮންމެ ދުވަހަކު އެތައް ބައަކު މަރުވާތީ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ! ތިމާމެންގެ ލޯމަތީގައި ކޮންމެ ދުވަހަކު ތަކުރާރުވަމުންދާތީ އަސަރު ވެސް ކުރާނެއެވެ. މާދަމާ މަރުވެ ވަޅުލެވޭނީ ތިމާ ނޫންބާވައެވެ ވެސް ހިތަށް އަރާނެއެވެ.

މިއާޔަތަށް ވިސްނައިލުމުން ހިތްވަރު އިތުރުވެގެންދާނެއެވެ!

"ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ." (އަލްއައްރާފް: 34)

ވިސްނާލަންވީ ކަމަކީ ﷲ ތަޢާލާ އެމީހަކާއިމެދު ކަނޑައަޅުއްވަވާ އަޖަލު ހަމަވުމުގެ ކުރިން މަރުނުވާނެ ކަމެވެ! އަދި އަޖަލު ހަމަވުމުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުނިޔޭގައި ނުހުރެވޭނެ ކަމެވެ.

ވީމާ ބުއްދީގެ ބޭނުންކޮށް ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! އަޖަލުގެ މައްސަލަ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އަހަރެމެންނަށް އޮތީ ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރަން މަސައްކަތްކުރުމެވެ. ބިރުގަންނަންވީ މަރުވެދާނެތީއެއް ނޫނެވެ. މަރުވުމުން ތިމާއާއިއެކު ގެންދެވޭނެ ހެޔޮ ޢަމަލުތައް މަދުވެދާނެތީއެވެ.

ދުނިޔޭގައި ތިބިހާ ދުވަހަކު ދުނިޔެ ހޯދަން މަސައްކަތްކުރެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވިސްނަންވީ ދުނިޔެ ހޯދަންކުރާ މަސައްކަތަށްވުރެ އާޚިރަތް ހޯދަން ކުރާ މަސައްކަތް ބޮޑުތަނުން ގިނަކުރުމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. ކޮންމެ ވަގުތަކު ތިމާ މަރުވިނަމަވެސް އާޚިރަތް ލިބޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން