ލިބޭ ދަރިން ﷲ އަށް ބިރުވެތިވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ކައިވެނީގެކުރިން ކޮންމެހެން ވިސްނަންޖެހޭ ކަމެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ލިބޭ ދަރިން ﷲ އަށް ބިރުވެތިވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ކައިވެނީގެކުރިން ކޮންމެހެން ވިސްނަންޖެހޭ ކަމެއް-!

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.

"އެމީހެއްގެ ހިތުގައި ﷲ އަށް ފުރިހަމަ ލޯބި ނެތް އަންހެނަކާއި ކައިވެނި ނުކުރާށެވެ! އެހެނީ ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މައިމީހާއެވެ!

އަދި އިސްލާމް ދީނަށް އަމަލު ނުކުރާ ފިރިހެނަކާއިވެސް ކައިވެނި ނުކުރާށެވެ! ދަރިން ލައްވައި އިސްލާމް ދީނަށް އަމަލުކުރުވުމުގަ އިސް ދައުރެއް އަދާކުރަނީ ބައްޕައެވެ!"

މިބަސްފުޅަކީ ވަރަށް ބޮޑު ތެދު ޙަޤީޤަތެކެވެ. އެހެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ލޯބި ނެތް އަންހެނަކާއި ކައިވެނިކޮށްގެން ލިބޭ ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަންޖެހޭ ފަރާތަކީ މައިމީހާ ކަމުގައިވާތީއެވެ!

ހަމައެފަދައިން އިސްލާމް ދީނަށް އަމަލު ނުކުރާ ފިރިހެނަކާއި ކައިވެނިކޮށްފިނަމަ ލިބޭ ދަރިން ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! ސަބަބަކީ ދަރިން ލައްވައި އިސްލާމް ދީނަށް އަމަލުކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ މީހަކީ ބައްޕަ ކަމުގައިވާތީއެވެ.

މިކަމަކީ ކައިވެނިކުރުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އެކަމަށް ނުބަލައި ކއިވެނިކޮށްގެން ދަރިން ލިބޭފަހުން މައްސަލަ ޙައްލުކުރަން އުޅުނަސް ޙައްލެއް ނުކުރެވޭނެތިއެވެ.

--އަލަފް

މިއަދު އޮންލައިން