ހިކެންވެސް ބޭނުންވާތީ ކެއުން މަދުކުރަން މަސައްކަތްކުރިނަމަވެސް ގިނައިން ކެވޭ މީހުން ވިސްނާލަން ރަނގަޅު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިކެންވެސް ބޭނުންވާތީ ކެއުން މަދުކުރަން މަސައްކަތްކުރިނަމަވެސް ގިނައިން ކެވޭ މީހުން ވިސްނާލަން ރަނގަޅު ބައެއް ކަންކަން-

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ގިނައިން ކެވޭ ކަމެވެ. ބައެއް މީހުންނަށް 3 މީހުންގެ ކޮއްތު ކެވޭއިރުވެސް ނުފުރޭތީއެވެ. ކައިނިމިގެން ނުކުންނަތަނުން ކާއެއްޗެއް ފެނުނު ނަމަވެސް ކާހިތްވެ ކެވޭތީއެވެ.

ބަނޑުފުރާ ކައިގެން ހުއްޓައި މީހަކު ދައުވަތެއް ދިނަސް ދުވަހަކުވެސް ބަނޑު ފުރިފައި ހުންނަ ކަމަކަށް ނުވެއެވެ. ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާއިއރުވެސް މެއެވެ.

މިފަދަ ޙާލަތުގައި ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ ކާންފަށަނީ ބިސްމިﷲ ކިޔައިގެން ކަމެވެ. އަދި ކައި ނިމިގެން ދެއްވެވި ރިޒްޤަށްޓަކައި ދުޢާކުރާ ކަމެވެ. ބިސްމިﷲ ކިޔައި ކާނަމަ އެތަކެތިން އިބިލީސް ކެއުމުން ސަލާމަތްކޮށްދެއްވަވަތެވެ! އަދި ކެއުމަށް ސުންނަތުގައިވާ މަގުން ކާނަމަ ކާ މަދުތަކެތިން ބަނޑުވެސް ފުރޭނެއެވެ. އެއީ އެތަކެތީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައި ދެއްވަވާތީއެވެ! ކައި ނިމުމަށްފަހު ދުޢކުރުމަކީ ކެއި ތަކެތީގެ ފައިދާ ތިމާއަށް ލިބުން އިތުރުވެގެންދާނެ ކަމެކެވެ.

އެގޮތުން މިފަދަ ދުޢާއެއްވެސް ކުރެވިދާނެއެވެ!

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرَاً مِنْهُ

O Allah, You grant us blessings in it and grant us better than it. (Tirmidhi)

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން