އަބޫބަކުރުގެފާނު ދޫބޭރަށް ނެރުއްވަވައި ދުލުގަ ހިއްޕަވައިގެން މިސްކިތުގަ އުޅުއްވަނިކޮށް ޢުމަރުގެފާނަށް ވަޑައިގެންނެވުނު ހިނދު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަބޫބަކުރުގެފާނު ދޫބޭރަށް ނެރުއްވަވައި ދުލުގަ ހިއްޕަވައިގެން މިސްކިތުގަ އުޅުއްވަނިކޮށް ޢުމަރުގެފާނަށް ވަޑައިގެންނެވުނު ހިނދު-

އެއްދުވަހަކު ޢުމްރުގެފާނަށް މިސްކިތްކޮޅަށް ވަޑައިގެންނެވުނުއިރު އަބޫބަކުރުގެފާނު އުޅުއްވީ ދޫފުޅު ބޭރަށް ނެރުއްވައި އެއިގައި ހިއްޕަވައި ހައްޔަރުކުރައްވައިގެންނެވެ. އެތަން ފެނިވަޑައިގަތުމުން "ތިއަކުރައްވަވަނީ ކޮންކެމއްތޯ؟" އުމަރުގެފާނު ސުވާލުކުރެއްވެވުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. 

"އަހަރެމެންގެ ސަލާމަތާއި ރައްކައުތެރިކަމާއި ނަރަކައިން މިންޖުވުމާއި ސުވަރުގެ ލިބުމާއި މިފަދަ ހުރިހާ ކަންކަން ވެސް ގުޅިފައި މިވަނީ މިދޫ ރައްކައުތެރިކުރެވުނު ވަރަކާއިއެވެ. ވީމާ މަސައްކަތްޕުޅު މިކުރައްވަނީ ވީހައި ބޮޑަކަށް މިއެތި ހައްޔަރުކުރެއްވޭތޯއެވެ!" 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިއީ ރަސޫލް އަށްފަހު މި އުންމަތުގެ އެންމެ ބޮޑު މަތިވެރިކަމެއް ލިބިވަޑައިގެންފައިވާ ފުރަތަމަ ޚަލީފާ، ސައްޔިދުނާ އަބޫބަކުރުއްޞިއްދީޤް ދުލާއިމެދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުކަމުގައި އެމީހެއްގެ ދޫ، އެދުލުން ދެއްކި ވާހަކަތައް ހިމެނޭކަން އަހަރެމެންނަށް ހަމަ ވަރަށް ރަނގަޅަށް އެބައެނގެއެވެ. ދުލަކީ ތަޅުލައިގެން ގެންގުޅެންޖެހޭ އެއްޗެއްކަންވެސް އެބަ އެނގެއެވެ. އެކަމަކުވެސް ބިރުވެތި ނުވެވެނީއެވެ. ޢަމަލު ނުކުރެވެނީއެވެ. 

އާޚިރަތުގެ ވާހަކަ ފަސްކޮށްލާފައި ދުނިޔޭގެ ޙާލަތަށް އެނބުރިލަމާ ހިނގާށެވެ! ނުހަނު ލޯބިން އެކުގައި ދިރިއުޅެމުން އަންނަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބަކީވެސް ހަމަ ދުލެވެ. އެހެން މީހެއްގެ ދުލުން ދައްކާ ފިތުނަވެރިވާހަކަތަކާއި ގުޅިގެން ތިމާގެ ދުލުން ބުނެވޭ ނުބައި ބަސްތަކެވެ. 

މި މައުޟޫގައި ކުރިންވެސް ވަރަށް ގިނަ ވާހަކަތައް ދެއްކިފައިވާތީ މިވަރުން މިރޭ ކުރުކޮށްލާނަމެވެ. ބުނަލަން ބޭނުމީ ނރަކައިން ސަލާމަތްވެވޭނީވެސް އަދި ޒަވާޖީ ޙަވާތް އުފަލުގައި ހޭދަކުރެވޭނީވެސް އަބޫބަކުރުގެފާނު އެވިދާޅުވި ބަސްފުޅުތަކަށް ސަމާލުކަން ދެވުނު ވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން