ސުވާލު:. މައްކާގެ ޙަރަމްފުޅު، ނަބަވީ މިސްކިތް، އަދި އަޤްޞާމިސްކިތް (މި ތިން މިސްކިތުގައި ނަމާދު ކުރުމުން) އެހެނިހެން މިސްކިތް ތަކުގައި ކުރާ ކިތައް ނަމާދުގެ ޘަވާބު ލިބޭނެތޯ؟
ޖަވާބު:. މައްކާގެ ޙަރަމްގައި ނަމަ: 100000 (އެއްލައްކަ ނަމާދުގެ ޘަވާބު)
މަސްޖިދުންނަބަވީގައި ނަމަ: 10000 (ދިހަހާސް ނަމާދުގެ ޘަވާބު)
ޢަޤްޞާ ގައިނަމަ: 500 (ފަސްސަތޭކަ ނަމާދުގެ ޘަވާބު)
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟު ޢަބްދުލްލަތީފް
ޙައްޖުވުމަށާއި ވީހައި ގިނައިން ޢުމްރާވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެދުވަސްތަކުގައި ޙަރަމްފުޅުގައި ކުރެވޭ ނަމާދުތަކުގެ ޘަވާބު މިހައި ބޮޑުތަނުން އިތުރުވެގެންދާކަން ހިމެނެއެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ނަމާދުތަކެއް އެޅިފައިވާ މީހަކަށްވާތީއެވެ.
ވީމާ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަމަށް މަސައްކަތްކުރަންވާނެއެވެ. ކިތަންމެ މަދުފައިސާކޮޅެއް ނަމަވެސް އެކަމަށް ނިޔަތްގަނެގެން ރައްކާކުރަމުންގެންދަންވާނެއެވެ. އެކަމަށް އެދިގެން މަސައްކަތްކުރާމީހަކަށް އެކަން ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ