މިސްކިތްތަކަށް ޖެއްސުންކުރުމާއި ތާޅަފިލީގެ އަޑު ކެނޑުމާ، ތާޅަފިލިތަކުގެ އަޑު މަޑުކުރުވުމާ މިހުރިހާ ކަމެއް ކުރަމުން ކަމުގެ ޙަޤީޤަތް އޮޅޭނެ ގޮތަށް ދޮގުމައުލޫމާތުތައް ފަތުރަމުން ގެންދާ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ދަންނަވާލަން އޮތީ 2020 އަހަރުގެ ފެބްރުވަރީ މަހުގެ 23، 24 ހަނދުމަފުޅުކުރައްވާށެވެ. ދެން ތިރީގައިއެވާ ލިޔުން ވިދާޅުވެލައްވާށެވެ!
ބައްލަވަ! މިއަދުވެސް ވޮޑިގެންވަނީ ޤާރޫނު ޚަޒާނާތަކާއިއެކު ބިމުއަޑިއަށް ގަންބަވައިގެންނެވި އަދި އެ ބާރުގަދަ ފިރުއަޢުނު ޣަރަޤުކުރެއްވެވި ތިރީގައިވާ ލިޔުމުގައި އެވާ ކަންކަން މީގެ އެންމެ ދެ އަހަރުކުރިން މިންވަރުކުރެއްވެވި ﷲ އެވެ.
އަދިވެސް ކީއްހެއްޔެވެ؟ ޖާހިލު ޖައްބާރުން ހަމަ އެގޮތުގައި ތިއްބައި ކުރިއެރުންތަކެއްވެސް އަންނަނީ ލިބެމުންނެވެ. މިހައިތަނަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ 528 އަހަރު ފަހުން އިޓަލީގެ ގެރެނާޑާގެ މިސްކިތްތަކުގެ ތާޅަފިލިން ބަންގި ގޮވަން ހުއްދަ ދިނުމެވެ.
ވިދާޅުވާށެވެ!:
ދުނިޔެއިން މިހައިތަނަށް ފެނުނު އެންމެ ކުޑަކުޑަ ވައިރަސްކަމަށް ބެލެވޭ ކޮރޯނާ ވައިރަސް އެ ބޮޑު ސްޕޭން ސައިޒުކޮށްލީމާ 500 އަހަރުފަހުން މިސްކިތްތަކުގެ ތާލަފިލިން ބަންގިގޮވަން ހުއްދަ ދީފިއެވެ. ވީހައި ބާރަށް ބަންގި ގޮއްވަންވެސް ބޭނުންވެއްޖެއެވެ! ސުބްހާނަﷲ
މިސްކިތްތަކުގެ ތާޅަފިލިން ބަންގީގެ އަޑު އިވެން ފެށުމުން ފުރަތަމަ އެއަޑު ޤަބޫލެއްވެސް ނުކުރެވުނެވެ. ހީވީ ފާރުތައް ފަޅާލާފައި އަންނަ އަޑެއްހެންނެވެ. ނޫނީ މަތިން އަންނަ އަޑެއް ކަމަށެވެ. މުސްލިމުންނަށް ހީވީ "ޤިޔާމަތް" ވީހެންނެވެ.
1492 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ސްޕޭންގެ މިސްކިތްތަކުން ވަނީ ތާޅާފިލި ކަނޑައިލާފައެވެ. އަދި ފޯނުން ވެސް ބަންގީގެ އަޑު އެހުން ވަނީ މަނާކޮށްފައެވެ. އެކަން ވަނީ އަދަބުދޭ ބޮޑު ކުށަކަށް ހަދައިފައެވެ. ވީމާ މިސްކިތްތަކުގެ ތާލަފިލިން ސްޕޭންގައި ބަންގީގެ އަޑު ނުއިވޭތާ މިހާރު މިވަނީ 528 އަހަރުވެފައެވެ.
ދުނިޔެއިން މިހައިތަނަށް ފެނުނު އެންމެ ކުޑަކުޑަ ވައިރަސްކަމަށް ބެލެވޭ ކޮރޯނާ ވައިރަސް އެ ބޮޑު ސްޕޭން ސައިޒުކޮށްލީމާ މިހާރު ދުވަނީ ބަންގީގެ ފަހަތުންނެވެ! ކުރިއަށް އޮތްތަނުގައި މިފަދަ އެތައް ކަމެއް އަދި ފެނިގެންދާނެއެވެ!