ޤުރްއާނަކީ ﷲ ގެ ވަޙީބަސްފުޅު ކަމަށް ޔަހޫދީން ޤަބޫލުނުކުރާނަމަ އެމީހުން ހާސްވެ ކަންބޮޑުވުމުން ޤުރްއާން އަޑުއަހަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤުރްއާނަކީ ﷲ ގެ ވަޙީބަސްފުޅު ކަމަށް ޔަހޫދީން ޤަބޫލުނުކުރާނަމަ އެމީހުން ހާސްވެ ކަންބޮޑުވުމުން ޤުރްއާން އަޑުއަހަނީ ކީއްވެ؟

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން ޝަހީދުކުރަމުންވެސް ކޮރޯނާއިން ސަލާމަތްވޭތޯ ކީރިތި ޤުރްއާން އަޑުއިއްވައި އަޑުއެހި އެވެ.

ޔަހޫދީ ފީހާރަތަކުގައި ކީރިތި ޤުރްއާން ޖަހާފައިވާ އަޑު އިވޭ ވީޑިއޯތައް އެއިރު ސޯޝަލް މީޑިއާގައި ޢާންމުވިއެވެ. ޢާންމުވި އެއްވީޑިއޯގައި ޖަހާފައިވަނީވެސް އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާއެވެ. ޝިފާދެއްވެވުން އެދި އެންމެ ގިނައިން ކިޔަވަން އޮތް ސޫރަތެވެ. އެސޫރަތުގައި ޝިފާވާކަން ޙަދީޘްފުޅުން ސާބިތުވާ ސޫރަތެވެ. ޞަޙާބީން އެކަން ތަޖުރިބާ ކުރައްވާފައިވާ ސޫރަތެވެ.

މިފަދަ ކަންކަމުންވެސް އެނގިގެންދިއައީ ކީރިތި ޤުރްއާނުގެ މަތިވެރިކަން ޔަހޫދީންނަށްވެސް ނުއެނގެނީ ނޫން ކަމެވެ. އިސްލާމް ދީނަކީ ޙައްޤުދީންކަންވެސް ނުއެނގެނީ ނޫންކަމެވެ. ޖާހިލުކަން ބޮޑުކަމުން ޤަބޫލު ނުކުރަން ތިބެނީ ކަމެވެ.

ހަމަ އެއާއިއެކު ހައްދުފަހަނައަޅާފައިވާޔަހޫދީން އެއިރު ނަމާދުކުރަން އެއްބާރުލުން ދިނެވެ. ކޮރޯނާ ބަލި ފެތުރެމުންދިއަ ދުވަސްވަރު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭރިގެންފައިވާ ފަލަސްޠީނުގެ ބައެއް ސަރަހައްދުތަކުގައި ޔަހޫދީންނާއި މުސްލިމުން މަސައްކަތްކުރީ އެކުގައެވެ. އެމަންޒަރުތައް ފޮޓޯތަކާއި ވީޑިއޯތައް އެއިރު ޢާންމުކުރިއެވެ.

މިއަދުނޫހުންވާނީ އެދުވަސްވަރުވެސް މިކަންކަން ހާމަކޮށް ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސްފައެވެ. މިއީ މުސްލިމުން އަބަދުވެސް ހަނދާން އައުކުރަންޖެހޭނެ ކަންކަމެވެ. ފުރިހަމަ ގޮތުގައި ކީރިތި ޤުރްއާނާއި ﷲ ތަޢާލާގެ ދެކެ ލޯބިވެވޭނީ މިފަދަ ކަންކަން ހަނދުމަކުރިވަރަކުންނެވެ

 

މިއަދު އޮންލައިން