ބިރުވެތިވާންވީ އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައި ދުނިޔެއިން ނުކުންނަން ޖެހިދާނެ ކަމަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ބިރުވެތިވާންވީ އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައި ދުނިޔެއިން ނުކުންނަން ޖެހިދާނެ ކަމަށެވެ!: މުފްތީ މެންކް

"ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް މެދުވެރިވެދާނެއެވެ. ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއްގެތެރޭގައިވެސް މެދުވެރި ނުވާނެ ކިތަންމެ ބޮޑު މުޞީބާތެއްވެސް ނުވެއެވެ. 

މާދަމާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުވެއެވެ. ވީމާ މިއަދުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑަކަށް ނަގާށެވެ! 

އެކަން ކުރެވޭނީ މިއަދަކީ ވީހައި ގިނަ އަޅުކަން ކުރާ ދުވަސް ކަމަށް ހަދަން މަސައްކަތްކޮށްގެންނެވެ! އަޅުކަން ކުރުން އެންމެ އިސްކޮށްގެން ދުވަހުގެ ކަންކަން ތާވަލުކޮށްގެންނެވެ! އެނޫން ގޮތަކަށް ވިސްނާ މީހާގެ އުމުރު ނިމިގެންދާނީ ބޭކާރު ގޮތުގައެވެ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ."

 

- މުފްތީ މެންކް 

މިއަދު އޮންލައިން