ރާއްޖޭގެ މިއަދުގެ ޙާލަތަށްބެލިނަވެސް ތަފާތު އެތައް ވައްތަރުގެ ރޯގާތައްދަނީ ފެތުރެމުންނެވެ. އެއްބައަކު ގަދައަށް ހުންވެސް އާދެއެވެ. އަނެއް ބައަކު އުޅެނީ ނޭފަތުން އަރިދަފުސް ފައިބާލެއް ގިނަކަމުންނެވެ. އަނެއްބައަކު އުޅެނީ މޭގައި ރޯގާހިފައި ކެއްސާވަރު ގިންވެގެންނެވެ. އަނެއްބައަކު އުޅެނީ ނޭވާހިއްލާވަރުންނެވެ. މިހެންގޮސް ތަފާތު އެތައްވައްތަރެއްގެ ރޯގާތައް ވަނީ ފެތުރިފައެވެ.
މިފަދަ ދުވަސްވަރެއްގައި މުފްތީ މެންކު ވިދާޅުވެފައިވާ މިބަސްފުޅުތައް ހަނދާންކޮށްލުން ވަރަށް މުހިންމުކަމަށް ދެކެމެވެ.
ތަފާތު ރޯގާތައް ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި ބަލިތަކުން ސަލާމަތްވުމަށް ކަޅުދިރީގެ އުފުއްދުންތައް ބޭނުންކުރައްވާށެވެ! އެއީ ސުންނަތުން ސާބިތުވާން އޮތް ކަމެކެވެ. މަރު ފިޔަވައި ކޮންމެ ބައްޔަކަށްވެސް ކަޅުދިރިން ޝިފާއެއް ލިބޭނެ ކަމަށެވެ.
Narrated Abu Huraira (may Allah be pleased with him): I heard Allah's Apostle saying: "There is healing in Black Cumin for all diseases except death." (Sahih Bukhari 7:71:592)
ފަތިހު ހޭލައި ހުސްބަނޑާ ހުރެ އާއި ރޭގަނޑު ނިދަންވުމުން އެންމެފަހު ވަގުތު ހަތަރުބައިކުޅަ އެއްބައި ސަމުސާ ހައި ކަޅުދިރިތެޔޮފޮދެއް ބޭނުންކުރާށެވެ. އަދި އެއިގެ މިނިޓެއްހައިއިރު ފަހުން ތާފަނާ ނުވަ އާދައިގެ ބައިތަށިހައި ފެން ބޭނުންކުރާށެވެ.
މީގެ އިތުރުން ނޭވާލުމަށް އުނދަގޫވާނަމަ ކަޅުދިރި ތެލުން އާވިއަރުވާށެވެ.