ދަތި ޙާލުގަ ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ހަދަން ހެޔޮނުވާނެ! އައްޔޫބްގެފާނުގެ ޚިދުމަތުގަ ދެމިހުންނެވި އަނބިކަނބަލުން ދޫކޮށް ނުލެއްވެވުމަށް ﷲ އެންގެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދަތި ޙާލުގަ ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ހަދަން ހެޔޮނުވާނެ! އައްޔޫބްގެފާނުގެ ޚިދުމަތުގަ ދެމިހުންނެވި އަނބިކަނބަލުން ދޫކޮށް ނުލެއްވެވުމަށް ﷲ އެންގެވި!

ތިމާ އަށް ދަތހާލަތެއް މިންވަރުކުރައްވަވައިފިނަމަ އެ ހާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ނުހަދާށެވެ! އެފަދަ އަންތބަކު ދޫކޮށްނުލާށެވެ! 

ދިރިއުޅެމުންދާއިރު ކޮންމެ މީހަކަށްވެސް ވަރަށް ބޮޑެތި ދަތިތައް އުފުލަން ޖެހިދާނެއެވެ. މުޞީބާތްތަކަށް ކެތްތެރިވާންޖެހޭނެއެވެ. ވީމާ އެފަދަ ދަތިޙާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ! 

މިއީ ހުރިހާ ފިރިހެނުންނަށް އަޅުގަނޑުކުރާ ވަޞިއްޔަތެކެވެ. 

އައްޔޫބްގެފާނުގެ ތަނަވަސްކަން ގެއްލިވަޑައިގެން އަދި އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އނބިކަނބަލަކު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރެއްވެވިއެވެ. އެކަލޭގެފާނުގެ އަރިއަހުގައި ދެމިހުންނެވި އަނބިކަނބަލުން އެކަލޭގެފާނަށް ފަރިއްކޮޅު އެރުވުމަށްޓަކައި ގޭގޭގައި ނޯކިރީކޮށްދެއްވައިގެން ތަކެތި ހޯއްދެވިއެވެ. 

ދެމަފިރިކަނބަލުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުމުގެ ކަމެއް ވެސް ހިނގިއެވެ. ﷲ ތަޢާލާ އައްޔޫބްގެފާނަށް އެންގެވީ އެކަމަނާއަށް ރަޙުމް ކުރެއްވެވުމަށެވެ. އެކަމަނާއަށް ދެރަ ގޮތެއް ނުހެއްދެވުމަށެވެ. އެކަމަނާ ދޫކޮށް ނުލެއްވެވުމަށެވެ. 

މިއީ އަހަރެމެން އެންމެންވެސް ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން ޖެހޭނެ އުޞޫލެވެ. ކަންކުރަންޖެހޭނެ ގޮތެވެ!  

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން