އަހަރެމެންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަހަރެމެންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ!: މުފްތީ މެންކް

އަހަރެމެން މުސްލިމުންނަކީ ދުނިޔެއިން ވަކި ކަމެއް ޙާޞިލުކުރަން ބޭނުންވެގެން އަޅުކަންކުރާ ބައަކަށް ވެގެން ނުވާނެ އެވެ. އަޅުކަންކުރަންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށެވެ. އާޚިރަތް ކާމިޔާބު ކުރެވޭ މީހަކަށް ވުމަށެވެ. 

އަޅުކަންކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށާއި ﷲ ތަޢާލާގެ ރަހްމަތަށް އެދިއެވެ. ތަޤްވާވެރިކަން އިތުރުކުރުން އެދިއެދިގެންނެވެ. 

ވީމާ އަޅުކަން ކުރަންވީ ތިމާ އެދޭކަންކަން ވީހައި އަވަހަކަށް ޙާޞިލުވުމުގެ ބޭނުމަކު ނޫނެވެ. އަޅުކަން ކުރުމުގެ ބޭނުން އެއަށްވުރެ މާމަތިވެރިއެވެ. އަޅުކަންކުރުމުގެ ބޭނުން މުޅިން ތަފާތެވެ. އަޅުކަންކުރުމުގެ ބޭނުމަކަށް ހަދަން ޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބަދަހިކުރުމެވެ. އެ ގުޅުން އިތުރުކޮށް ބަދަހިކުރުމެވެ. 

ހަމައެއާއިއެކު އަޅުކަންކުރަންވީ ވެސް ކުރާ އަޅުކަން އިތުރުކުރަންވީވެސް ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އެއީ އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމެކެވެ. އަޅުކަން ކުރުމަކީ ކޮންމެ ދުވަހަކުވެސް، ވީހައި ގިނައިން ކުރަމުން ގެންދާ ކަމަކަށް ހަދާށެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން