ޤިޔާމަތްދުވަހާމެދު ބިރުވެތިވާ ކޮންމެ މީހަކަށް މިޙަދީޘްފުޅާ ނާސާގެ ސައިންސްވެރިންގެ ހޯދުންތައް ޢިބްރަތަކަށް ފުދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޤިޔާމަތްދުވަހާމެދު ބިރުވެތިވާ ކޮންމެ މީހަކަށް މިޙަދީޘްފުޅާ ނާސާގެ ސައިންސްވެރިންގެ ހޯދުންތައް ޢިބްރަތަކަށް ފުދޭނެ! އިން ޝާ ﷲ

ލިޔުމުގައިވާ ވީޑިއޯގައި ދެން ބަޔާންކޮށްފައިވަނީ މުޅި ދުނިޔެއަށް އިސްލާމް ދީން ފެތުރިގެންދާނެ ކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅުގެ ތެދުކަންވެސް  ހާމަވެ ފެންނަމުންދާ ކަމާއި އިސްލާމް ދީން ނުފޯރާ ނުވަތަ ނެތް ޤައުމެއް މިހާރު ދުނިޔޭގއި ނެތްކަމުގެ ވާހަކައެވެ. އަދި 2025 އަންނައިރު ދުނިޔޭގެ އެންމެ ގިނަ ބައަކު ތިބޭނީ އިސްލާމް ދީނުގައި ކަމަށް ކާފިރުންގެ ތެރޭގައި ތިބި ސައިންސްވެރިން ބުނަމުން އަންނަ ވާހަކައެވެ.

ޢަރަބި ޤަމުތަކުގައި ނުވަތަ މެދުއިރުމަތީގައި ގިނަ އަދަދެއްގެ ކޯރުތަކާއި ދަނޑުބިންތައް ފޮރުވިފައިވާ ކަމާއި އެ ކޯރުތައް ފެނި، ދަނޑުވެރިކަން ކުރާ ބިމަކަށް ބަދަލު ނުވަނީސް ޤިޔާމަތް ނުވާނެ ކަމަށް ރަސޫލް () ވަނީ މީގެ 1400 އަހަރުކުރިން ޙަދީޘްފުޅުކުރައްވަވައިފައެވެ. 

މިއަދު އެކަންކަން ހާމަކުރަމުން އެގެންދަނީ ނާސާގެ ސައިންސްވެރިންނެވެ. އެމީހުން ނަގާ ސެޓެލައިޓް ފޮޓޯޓަކުންނާއި ހޯދާ ހޯދުންތަކުގެ އަލީގައެވެ! އަހަރެންގެ ސުވާލަކީ މާކުރީގެ ޒަމާންތަކެއްގައި ޢަރަބިކަރަ އޮތް ގޮތާއި އެގޮތަށް އަލުން ޢަރަބި ކަރަ ރުޖޫޢަވާނެކަން މީގެ 1400 އަހަރުކުރިން ދުނިޔޭގައި އުޅުއްވެވި ރަސޫލް () އަށް އެނގިވަޑައިގަތީ ކިހިނަކުން ހެއްޔެވެ؟ 

(ޢަރަބި ކަރައިގައި މިހާރުވެސް އެވަނީ ފުޅައު ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ފެށިފައެވެ. ދުވަހެއް ދުވަހަކަށް އެދަނީ ދަނޑުވެރިކަން ކުރުން އިތުރުވަމުންނެވެ. އަދި ޖަނަވާރު ގެންގުޅުންވެސް ދަނީ އިތުރުވަމުންނެވެ.) 

ގުޅުންހުރި ވީޑިއޯ ބައްލަވާ ލައްވާ!

https://www.youtube.com/watch?v=U1Tvouhu95A&feature=emb_title

 

މިއަދު އޮންލައިން