މީހެއްގެ ހިތުގަ ޖެހޭނެ، ކަންބޮޑުވުން އިތުރުވާނެ ބަހެއް ނުބުނުމަކީވެސް އަޅުކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މީހެއްގެ ހިތުގަ ޖެހޭނެ، ކަންބޮޑުވުން އިތުރުވާނެ ބަހެއް ނުބުނުމަކީވެސް އަޅުކަމެކެވެ!: މުފްތީ މެންކް

ދުލުން ބުނާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ވާނެއެވެ. އެއްވެސް މީހަކު ކަންބޮޑުވާނެ ބަހެއް ނުބުނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ތިމާއަށް ބުނެވޭ ބަހެއްގެ ސަބަބުން އެހެން މީހަކު ކަންބޮޑުވެދާނެ ފަދަ ބަހެއް ނުބުނާށެވެ! 

ބުނާ ބަހަކީ އެ ބަހެއްގެ ސަބަބުން އެހެން މީހުންނަށް ހިތްހަމަޖެހުން ލިބޭ ފަދަ ބަހަކަށް ހަދަން ގަދަޅައި މަސައްކަތްކުރާށެވެ. އެއްވެސް މީހަކަށް ތިމާގެ ކިބައިން ހިތް ހަމަޖެހުމެއް ލިބުނު ނަމަވެސް އެއީ ކުރެވޭ ހެޔޮ ޢަމަލެކެވެ. ސަވާބު ލިބޭނެ އަޅުކަމެކެވެ. 

މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ހިތް ހަމަޖައްސައިދިނުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ނުވަތަ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކުރަން ހިތްވަރުދީ އެހީތެރިވުމެއް ނޫނެވެ. އެއީ އެއްވެސް ޙާލަތެއްގައި އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. ޢަޛާބު ލިބޭނެ ކަންކަމެވެ. 

- މުފްތީ މެންކްގެ ނަޞޭޙަތެއް

 

މިއަދު އޮންލައިން