އެންމެ ނުބައި ވަގުންނަކީ ނަމާދުން ވައްކަންކުރާ މީހުން ކަމަށް ބުނޭ! އެބުނަނީ ކީކޭތޯ؟ ނަމާދުން ވައްކަންކުރުމަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެންމެ ނުބައި ވަގުންނަކީ ނަމާދުން ވައްކަންކުރާ މީހުން ކަމަށް ބުނޭ! އެބުނަނީ ކީކޭތޯ؟ ނަމާދުން ވައްކަންކުރުމަކީ ކޮބައިތޯ؟

"އެންމެ ނުބައި ވަގުންނަކީ ނަމާދުން ވައްކަންކުރާ މީހުން ކަމަށް ބުނޭ! އެބުނަނީ ކީކޭތޯ؟ ނަމާދުން ވައްކަންކުރުމަކީ ކޮބައިތޯ؟" 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

"ނަމާދުގައި ރުކޫޢާ ސަޖިދަ ފުރިހަމަކުރާށެވެ! ފަހެ ވަގުންގެ ތެރެއިން އެންމެ ނުބައި ވަގުންނަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުން ކަމަށާއި، އެއީ އެމީހުންގެ ރުކޫޢާ ސަޖިދަ ފުރިހަމަ ނުކުރާ މީހުން ކަމަށް ޙަދީޘްގައި ބަޔާންވެގެންވޭ.": ޝައިޚް އަނީލް 

ޝައިޚް އަނީލް ދެއްވާފައިވާ މި މެސެޖަކީ ވަރަށް މުހިންމު މެސެޖެއް ކަމުގައި ފާހަގަކުރެވެއެވެ. އެންމެ ކުޑަމިނުން ރުކޫޢު ކުރުމާއި ސަޖިދަ ކުރުމުގައި ހަށިގަނޑު ބާއްވަންޖެހޭ ގޮތަށާއި ޖައްސަން ޖެހޭ ގުނަވަންތައް ޖެއްސުމަށް ވެސް ގިނަ ބައަކަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ! ގިނަ ބައަކަށް އެކަންކަން ނުވެސް އެނގެއެވެ 

"ތިމަން ކަލޭގެފާނަށް އަމުރުވެވިގެން ވަނީ 7 ގުނަވަން މަތީގައި ސަޖިދަ ކުރރެއްވުމަށެވެ.  (އެ 7 ގުނަވަނަކީ) ނިތްކުރިއާއި އަދި އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ނޭފަތްފުޅަށް އިޝާރާތްކުރެއްވެވިއެވެ. ދެއަތާއި ދެ ކަކުލާއި ދެފައިތިލައެވެ. އަދި އަހަރެމެންނަށް އަމުރުވެވިގެންވަނީ (ނަމާދުކުރާއިރު) އިސްތަށިގަނޑު ނުއެއްސުމަށާއި ހެދުން ބޮނޑި ނުކުރުމަށެވެ." (ޞަޙީހް ބުކާރީ: 812) 

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ނަމާދުކުރާއިރު ފައިކުރި އާއި އަތުކުރި ނުއޮޅަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާއިއރު ބަހައްޓަން ޖެހޭ ވަރަށް ފަޓުލޫނުގެ ފައިކުރި ބެހެއްޓުމުން އޮޅާކަށް ނުޖެހޭނެއެވެ. 

މިއަދު އޮންލައިން