އެސްޓީއޯ އިން ޑީސަލާ ޕެޓރޯލް ވިއްކާ އަގު ހެޔޮކޮށްފިއެވެ. އެގޮތުން ޑީސަލް ލިޓަރަކުން 10 ލާރި އަދި ޕެޓރޯލް ލިޓަރަކުން 20 ލާރި ވަނީ ހެޔޮކޮށްފައެވެ.
އެސްޓީއޯ އިން ބުނެފައިވަނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ 11.99 އަށް ކަމަށާއި ޕެޓރޯލް ލިޓަރެއް ވިއްކާނީ 11.19 އަށް ކަމަށެވެ.
އަދި އަގަށް މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުން ކަމަށެވެ.