ބިރުވެތިވޭ! ޙައްޤަށް އިންކާރުކުރާ މީހުން ﷲ ހިއްޕަވާނެ! އެއީ ކީރިތި ޤުރްއާނުން ޔަޤީންވާކަމެއް!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބިރުވެތިވޭ! ޙައްޤަށް އިންކާރުކުރާ މީހުން ﷲ ހިއްޕަވާނެ! އެއީ ކީރިތި ޤުރްއާނުން ޔަޤީންވާކަމެއް!: ޑރ. ޝަހީމް

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ އާޔަތްތައް ދޮގުކޮށް އިންކާރުކުރާ މީހުން ހިއްޕެވުމަށް އެކަލާނގެ ތައްޔާރަށް އަބަދުވެސް ވޮޑިގެންވާ ކަމަށެވެ.

ޙައްޤަށް އިންކާރުކުރާ މީހުން ﷲ ހިއްޕަވާނެތެވެ! އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. ބަޔާންކޮށްދެއްވަވައިފައެވެ. ޘަމޫދު ބާގައިގެ މީހުންނަށް ވީގޮތާއި ފިރުއަޢުނުގެ ލަޝްކަރު ހިއްޕެވިގޮތް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ ވަނީ މީސްތަކުންގެ ވަށައިގެންނެވެ.

ކީރިތި ޤުރްއާނަކީ ލައުހުލްމަހްފޫޡްގައި ﷲ ތަޢާލާ ރައްކައުތެރިކުރައްވަވާފައިވާ، މަތިވެރިކަން ދެއްވަވާފައިވާ ފޮތެކެވެ. އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ. އެފޮތް ﷲ ތަޢާލާ ވަނީ ރައްކައުތެރިކުރައްވަވައިފައެވެ. ވީމާ އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ!

ބައަކު ކިތަންމެ ވަރަކަށް ޢަދާވާތްތެރިވެގެން އުޅުނު ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ފޮތާއި ކީރިތި ޤުރްއާން ޙިމާޔަތްކުރައްވަވާނެތެވެ! ދީން ފަތުރުއްވަވާނެތެވެ! އިސްލާމް ދީނަށް ނަޞްރު ދެއްވަވާނެތެވެ! ބައަކު އެކަމަށް ހުރަސް އަޅަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ!

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން