ސުވާލު:. ރޫމެއްގެ ތެރޭގައި ހުންނަ ޓޮއިލެޓް / ބާރތްރޫމްގެ ދޮރު ހުޅުވާފައި (ބައެއްފަހަރު އުދާސް ބޭރުކުރަން) ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެހެން މި އަހާލީ މީހަކު އިން ބުނީ ފާޚާނާގެ ދޮރު ހުޅުވާފައި ހުރިއްޔާ ޖިންނި ޝައިތާން ކޮޓަރިތެރޭގައި އުޅޭނެޔޯ.
ޖަވާބު:. ދޮރުހުޅުވާފައި ހުރުމުން އޭގެ ޒާތުގައި މައްސަލައެއްނޫން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟު ޢަބްދުލްލަތީފް
އިތުރު ސުވާލެއް:
ސުވާލު:. އަޅުގަނޑުގެ ސުވާލަކީ އެހެންމީހަކު އިސްރާފުކުރާ އެއްޗެހި އުކަން މި ޖެހެނީ އެހެންމީހަކަށް! މިޙާލަތުގައި މިތަނުން އިސްރާފު ކުރުމުގެ ފާފަ ލިބޭނީ ކާކަށްތޯ؟ އިސްރާފު ކުރި މީހާއަށް ތޯ ނުވަތަ އެ އެއްޗެހި ޑަސްބިނަށް އެޅި މީހާއަށްތޯ؟
ޖަވާބު:. އިސްރާފު ކުރި މީހާއަށް.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް