"ޔާ ﷲ! ބިދުޢަވެރި އެންމެހައި ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވައިފާނދޭވެ! ނުއެނގުމުގެ ތެރެއިން މިއަޅާއަށް އެފަދަ ޢަމަލެއް ކުރެވުނު ނަމަވެސް މިއަޅާއަށް ޢަފޫކޮށްދެއްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ޢަމަލެއް ކުރުމަށް މިއަޅާއަށް އިރާދަ ނުކުރައްވަވާނދޭވެ!" އާމީން
ބިދުޢަވެރި ޢަމަލުތައް ފެތުރި ޢާންމުވެއްޖެއެވެ. އެންމެންގެ ވަށާލައިފިއެވެ. ވީމާ އެފަދަ ޢަމަލުތައް ކުރުމުން ސަލާމަތްވެތިބުމަށް މިފަދަ ދުޢާތައް ކުރައްވަމުން ގެންދާވާށެވެ! އަދި ކިރިޔާ ޝައްކެއްވިނަމަވެސް އެޢަމަލެއް ނުކުރާށެވެ! ޢިމްވެރިންގެ ގާތުންނާއި ޞަޙީޙް ފޮތްތަކުން ބަލައި ޔަޤީންކޮށްފައި ނޫނީ އެއްވެސް އައުކަމެއް އަޅުކަމުގެ ގޮތުގައި ނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން