އުފެދުމުގަ ހުރި ނުކުޅެދުންތެރިކަމަކުން ޤުރްއާނާ ޛިކުރުތައް ފުރިހަމައަށް ނުކިޔެވޭނަމަ ނަމާދުގެ ފުރިހަމަ ޘަވާބު ލިބޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އުފެދުމުގަ ހުރި ނުކުޅެދުންތެރިކަމަކުން ޤުރްއާނާ ޛިކުރުތައް ފުރިހަމައަށް ނުކިޔެވޭނަމަ ނަމާދުގެ ފުރިހަމަ ޘަވާބު ލިބޭނެތޯ؟

ސުވާލު:. އަޅުގަނޑު މަންމައަކީ އުފެދުމުގައިވެސް ރީތިކޮށް ވާހަކަ ނުދެއްކޭމީހެއް، ޤްރުއާން ވެސް ރީތިކޮށް ނުކިޔެވޭ، އެހެން ކަމަށް ވަނީނަމަ، މަންމަ ކުރާ ނަމާދުތައް ޞައްޙަވާނެތޯ؟ މަންމަ ބަރާބަރަށް ނަމާދު ކުރޭ އެކަމަކު ނަމާދުގައި ކިޔާ ތަކެތި މަންމައަށް ކިޔާކަށް ނޭންގެ، މަންމައަށް ހަމަ ނޯމަލް މީހަކާ އެއްވަރަށް ޘަވާބު ލިބޭނެތޯ؟ 

ޖަވާބު:. މަންމަގެ އުފެދުމުގައި ހުރި ނުކުޅެދުންތެރި ކަމަކީ މަންމަގެ ކުށެއްނޫން، އެ ނުކުޅެދުންތެރި ކަމާއެކުވެސް ކިޔަވާނަމަ، އިންޝާﷲ ނޯމަލް މީހަކާ އެއްވަރަށް ނުވަތަ އިތުރަށް ޘަވާބު ލިބޭނެ.

 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން