ޝައިޠޯނާއާ އެއްބައިވެ އެކުގަ އުޅެމުން ހެޔޮ އަމަލުތައް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން! ސަލާމަތަށް އެދި މިފަދަ ދުޢާކުރުން ގިނަ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޝައިޠޯނާއާ އެއްބައިވެ އެކުގަ އުޅެމުން ހެޔޮ އަމަލުތައް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން! ސަލާމަތަށް އެދި މިފަދަ ދުޢާކުރުން ގިނަ ކުރާށެވެ!

ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެހެނީ ޝައިޠޯނާ އުފުލަމުން ނުވަތަ ޝައިޠޯނާ އާއި ބައިވެރިވެ އެކުގައި އުޅެމުން ހެޔޮ އަމަލުތައް ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ! 

رَّبِّ اَعُوْذُ بِكَ مِنْ هَمَزٰتِ الشَّيٰطِيْنِ.

وَاَعُوْذُ بِكَ رَبِّ اَنْ يَّحْضُرُوْنِ.

"... އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." 

"އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠޯނުން ތިމަންއަޅާގެ ގާތަށް ޙާޟިރު ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ."

(އަލްމުއްމިނޫން: 97،98) 

ކީރިތި ޤުރްއާނުގައި މިފަދަ ދުޢާތައް ބަޔާންކޮށް ދެއްވަވާފައި މިވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްތވެވިގެން ހުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ހިތާމައަޚީ ވަރަށް ގިނަ ބައަކަށް މިކަމުގައި ފަރުވާ ކުޑަކުރެވޭ ކަމެވެ. 

أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ 

"ﷲ އުފެއްދެވި ތަކެތީގެ ނުބައިކަމުން އެއިލާހުގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން މިއަޅާ ރައްކައުތެރިކަން ހޯދަމުއެވެ." (އަބޫ ދާވޫދު: 3899) 

ﷲ ތައާލާ ވަނީ ރަސޫލް () އަށް ޝައިޠޯނާގެ ނުބައިކަމުން ރައްކައުތެރިކަން މިންވަރުކޮށްދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް ރަސޫލް () މިފަދަ ދުޢާތައް ކުރެއްވެވިކަން އަންގައިދެނީ އެފަދަ ދުޢާތައް ކުރަން އަހަރެމެން ގިނަކުރަން ޖެހޭނެ މިންވަރެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން