ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 2 ކަންތައް ޙާޞިލުކުރަން އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 2 ކަންތައް ޙާޞިލުކުރަން އެންމެ ފަސޭހަ މަގު-

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއް ކަމަކީ ގޭތެރޭގެ މައްސަލަތައް މަދުވުމެވެ. ގޭތެރޭގެ މާޙައުލަކީ އުފާވެރި މާޙައުލެއްކަމުގައި ވުމެވެ. ހަމައެއާއިއެކު ރިޒުޤް ތަނަވަސްވެގެން ވުމެވެ. އެހެން ކަމުން އެނިޢްމަތްތަކަށް އެދޭ މީހާ ފުރަތަމެއްގެ ގޮތުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެއަށްފަހު މާފުކޮށް ހިތް ސާފުކުރާށެވެ!

މިއީ އިޚްލާޞްތެރި ނިޔަތަކާއިއެކު ކުރަން މަސައްކަތްކޮށްފިނަމަ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އެކަން ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. ހަމަ ހިތަށް އަރުވައިލުމުން ނިމުނީއެވެ. ހިތްސާފުކޮށްލާ ހަމައިން އެއޮތީ އެކައުންޓް ހުޅުވިފައެވެ. ޢަމަލުކުރާ ހައި ހިނދަކު ދާނީ އެކައުންޓަށް ޖަމާކުރެވެމުންނެވެ.

ދެމަފިރިންނާއި ޢާއިލާގެ އެންމެންވެސް އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކުރާށެވެ. ދަރިންނަށް މައިން ބަފައިން އަދި ދަރިން މައިން ބަފައިންނަށްވެސް މާފުކޮށް ހިތް ސާފުކުރާށެވެ! އެކަމުގެ ނަތީޖާ މާތް ﷲ ވާގިފުޅާއިއެކު ފެނިގެންދާނީ ވަރަށް އުފާވެރިގޮތަކަށެވެ. ގޭތެރެއިން ތަފާތު ފެނިގެންދާނެއެވެ! ގޭތެރޭގެ މައްސަލަތައް މަދުވެގެންނެއެވެ! ރިޒްޤް ތަނަވަސްވާނެއެވެ! ހީވެސް ނުކުރެވޭހައި ގިނަ މަގުތަކުން އެ ޢާއިލާޢަކަށް ﷲ ރަހްމަތް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ! 

އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ. 

ހިތް ސާފުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅާށެވެ! އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަމަށް ﷲ ތައާލާ ދެއްވަވާނެ މަތިވެރި ނިޢްމަތްތަކަށް އުންމީދު އިތުރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން