ފޯނަށް ކީރިތި ޤްރްއާން އަޅައިގެން ނުކިޔަވާ އުޅޭ މީހުންނަށް މުފްތީ މެންކުގެ އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފޯނަށް ކީރިތި ޤްރްއާން އަޅައިގެން ނުކިޔަވާ އުޅޭ މީހުންނަށް މުފްތީ މެންކުގެ އިންޒާރެއް!

ފޯނަށް ޤްރްއާން އެޕްލިކޭޝަން އެޅުމަކީވެސް ހެޔޮ އަމަލެއް. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމަ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބާ؟"

ފޯނަށް ޤުްރްއާނާއި ޛިކުރުތަކުގެ އެޕްލިކޭޝަން އެޅުމުން ފައިދާކުރާނީ ކިޔަވާ މީހަކަށެވެ. އެޕްލިކޭޝަންތައް އަޅައިގެން ނުކިޔަވައި ޖީބުގައިނުވަތަ ކޮންމެވެސްތަނެއްގައި ފޯނު ބާއްވައިގެން އުޅުމަކުން ކުރާނެ ފައިދާއެއް ނެތެވެ.   

މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރުއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރުއާން ގެންދިއަ ނަމަވެސް  ފޯނުގައިވާ އެޕްލިކޭޝަން ބަލައިގެން ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ 

ނުކިޔަވާނަމަ ފޯނަށް އަޅައިގެން ތިއަ ގެންގުޅެނީ އެހެން މީހުންނަށް ދައްކަން ހެއްޔެވެ؟ ބައެއް މީހުން ބަންގި އެޕްލިކޭޝަން އަޅައިގެންވެސް އުޅެއެވެ. ބަންގިގޮވަންފެށީމާ ކޮށްލާނީ މިޔުޓެވެ. ނަމާދެއް ނުކުރާނެއެވެ. 

މިފަދަ ކޮންމެ ޢަމަލަކީ ދެއްކުންތެރިކަމުގެ ޢަމަލެކެވެ. ދެއްކުންތެރިކަމަކީ ހާދަހައި ނުބައިކަން ބޮޑު ޢަމަލެކެވެ. ދެއްކުންތެރިކަން އެއިގެ ތެރެއަށް ވަނުމުން ޤުރްއާން ނުކިޔަވައި ނަމާދު ނުކޮށް ހުރެ އިތުރަށް ފާފަވެރިވެސް ވެވެނީއެވެ. ﷲ ތައާލާގެ ކޯފާވެވޮޑިގަތުމަށް އަމިއްލައަށް ހުށަހޮޅިގަނެވެނީއެވެ! 

ރަމަޟާން މަސް އައުމުންވެސް ބައެއް މީހުން ކީރިތި ޤްރުއާން ކިޔަވަން ބޭނުންވަނީ ކޮންމެވެސް ޗުއްޓީ ދުވަހެއްގައެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. "މިސާލަކށް އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް. ކާކަށް އެނގެނީ އެދުވަހު ކުރިމަތިވާނެ ކަންތައްތައް؟ އެދުވަހަކީ ތިމާއަށް ޗުއްޓީ ދުވަހަކަށް ވާނެކަން؟ އެދުވަހު ބޮޑު ކަމެއް ޖެހިގެން ވަގުތުތައް ހޭދަކުރަންޖެހޭނީ ކޮންކަމަކަށްކަން އެނގެނީ ކާކަށްތަ؟" 

ކީރިތި ޤްރްއާން ކިޔެވުންފަދަ ކަންކަން މާދަމައަށް ނުބާއްވައި ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ކިޔަވާށެވެ. ޚާއްޞަކޮށް ރަމަޟާންމަހު ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. 

"ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަމުއެވެ. ރަމަޟާން މަސް ނިމުމުން އެކަން ނިންމައި ޗެޕްޓަރު ބަންދުކުރަނީއެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުން ވާންޖެހޭނީ އަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ބައަކަށެވެ. މާތް ﷲ އެންގެވި ގޮތުގައި އަބަދުވެސް އުޅޭ ބައަކަށެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން