ކުރަން ފަސޭހަ، ކުޑަވަގުތު ކޮޅަކުން ކުރެވޭ ކުޑަ ޢަމަލަކުން ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކުރަން ފަސޭހަ، ކުޑަވަގުތު ކޮޅަކުން ކުރެވޭ ކުޑަ ޢަމަލަކުން ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ޢަމަލެއް!

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކީ ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ވަގުތު ލިބުމުގައި ދަތިތަކެއް ހުރި ބައަކަށްވުމުން ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ކުރެވޭ، ކުރަން ފަސޭހަ ހެޔޮ ޢަމަލުތައް ދެނެގަންނަން ބޭނުންވާތީ މިއަދުވެސް މިގެނެސްދެނީ އެފަދަ ޢަމަލެކެވެ. ސަލާމަތުގެ އައްސޭރިއަށް ފޯރަން އޮތީ ފާފަތަކުން ސަލާމަތްވެވިގެން ކަމުގައިވާތީއެވެ.

ރަސޫލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައިވެއެވެ! "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި (ސަލާމް ދިނުމަށްފަހުގައި سُبْحاَنَ اللهِ 33 ފަހަރު ކިޔައިފިނަމަ އަދި ﷲ ތަޢާލާއަށް ޙަމްދުކުރުމުގެ ގޮތުން اَلْحَمْدُ لِلهِ 33 ފަހަރު، އަދި ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން اَلّلَهُ اَكْبَرْ 33 ފަހަރު ކިޔައިފިނަމަ އަދި 100 ވަނަ ފަހަރު ހަމަކުރަން

لاَأِلَاهَ اِلاَّ اللّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلىَ كُلِّ شَيْءِقَدِيرُ

ކިޔައި 100 ފަހަރު ހަމަކޮށްފިނަމަ އެކަމުގެ ޖަޒާއަކީ އެމީހާގެ ފާފަތައް ކަނޑުގައި ހުންނަ ފޮނަށް ވުރެ ގިނަ ނަމަވެސް އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ.

މިހެން މިބަސްފުޅު އޮތް ނަމަވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތަކަށް އެމީހަކު އަރައިގެންފައިވާނަމަ އެ ފާފަތަކަށް ތައުބާވާން ޖެހޭނެއެވެ.

ވީމާ ފަރުޟު 5 ނަމާދުގެ ފަހުގައި މިފަދައިން ކިޔާނަމަ އޭނާއަށް ކުރެވިފައި ހުންނަ ކުދި ފާފަތަކާއި ނުއެނގި ކުރެވިފައި ހުންނަ ފާފަތައްވެސް 5 ފަހަރުމަތިން ފުއްސަވައި ދެއްވަވާނެތެވެ! ﷲ ތައާލާއީ އަލުތަކުންނަސް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފުއްސަވައި ދެއްވަވާ ދީލަތިވަންތަ އިލާހް ކަމުގައި އެކަލާނގެ ވަނީ ވަހީކުރައްވަވައިފައެވެ!

ވީމާ ކިތަންމެ މަސައްކަތް ބުރަ ނަމަވެސް ޛިކްރް ތަސްބީޙް ނުކިޔައި އަވަސްކޮށްލައިގެން މިސްކިތުން ނުފައިބާށެވެ!

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެ "ނަބަވީ މަދަރުސާ" ޕްރޮގްރާމްގެ ދަރުސަކުން

ދަރުސްގެ ވީޑިއޯ: 

https://www.facebook.com/watch/live/?v=590067121606905&ref=watch_permalink

 

މިއަދު އޮންލައިން