ތިމާ ބޭނުންވާ ކަންކަމަށް އެދި ކޮންމެ ދުވަހަކު، ރެއަކު ވަކި ސޫރަތްތަކެއް ކިޔެވި ނަމަވެސް އަބަދުވެސް ޚަޠިމްކުރަން ކިޔަވަންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާ ބޭނުންވާ ކަންކަމަށް އެދި ކޮންމެ ދުވަހަކު، ރެއަކު ވަކި ސޫރަތްތަކެއް ކިޔެވި ނަމަވެސް އަބަދުވެސް ޚަޠިމްކުރަން ކިޔަވަންވާނެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތެއްގައިވެސް ކޮންމެ ލަފްޒެއްގައި ވެސް ކޮންމެ އަކުރެއްގައިވެސް ކަރާމާތްތަކެއްވެއެވެ. ބަރަކާތް ވެއެވެ. ޝިފާވެއެވެ. މައުލޫމާތުވެއެވެ.

އެކިއެކި ކަންކަމަށް އެދި ކިޔަވަން ޚާއްޞަ ސޫރަތްތަކެއް ސުންނަތުން އެނގެން އެބައޮތެވެ. އެކަންކަމަށް އެދި އެ ސޫރަތްތައް ކިޔަވާށެވެ! އަހަރެން ބުނާނީ ވަކިކަމަކަށް އެދި ވަކި ސޫރަތްތަކެއް ކިޔެވި ނަމަވެސް ޚަޠިމްކުރަން ކިޔަވަންޖެހޭނެ ކަމަށެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވީމައެވެ. މުޅި މުޞްޙަފްވެސް ވަނީ ބަރަކާތުން ފުރިގެން ކަމުގައިވާތީއެވެ. އަދި މުޅި މުޞްޙަފްގައިވެސް ވަނީ ކިޔަވައި އުނގެނެން ޖެހޭ މައުލޫމާތުތައް ކަމުގައިވާތީއެވެ.

މިއީ ކީރިތި ޤުރްއާން ކިޔެވުމާއިމެދު މުފްތީ މެންކް ވިދާޅުވާ ބަސްފުޅެކެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އެކި ކަންކަމަށް، ނުވަތަ ނިދުމުގެ ކުރިން ކިޔަވަން ހުރި ސޫރަތްތައް ކިޔެވުމުން ފުދުނީ ކަމަށެވެ. މުފްތީ މެންކުގެ މި ބަސްފުޅުންވެސް އެނގިގެން މިދަނީ އެވަރަކުން އަދި ނުފުދޭ ކަމެވެ. ޚަޠިމް ކުރަން ޤުރްއާން ކިޔަވަން ޖެހޭނެ ކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ދެމިތިބޭށެވެ! ކީރިތި ޤުރްއާން ކިޔެވުމަކީ ހަމައެކަނި ރަމަޟާން މަހު ކޮށްލާ ކަމަކަށް ނުހަދާށެވެ! ރަމަޟާން މަސް ދިއުމުން ވެސް ކޮންމެ ދުވަހަކުވެސް ޚަޠިމްކުރަން ކޮންމެވެސް މިންވަރެއް ކިޔަވާށެވެ! އެއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށްދާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން