ސުވާލު:. އަނބި މީހާއަށް އަނިޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ މެންޓަލީ ގޮތުން ކަމުގައި ވިއަސް ވެސް. އަދި އަނބި މީހާއަށް ވަޤުތު ނުދިނުމާ، ކައިރި ވެލާއިރަށް ދުރަށް ފޮޅާލުމާ، ދައްކާ ވާހަކަ އެއްވެސް ވަރަކަށް އަޑު ނޭހުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. އެއްވެސް ގޮތަކުން އެއްވެސްކަހަލަ އަނިޔާއެއް އަނބިމީހާއަށް ވުމަކީ އަދި އެހެން މީހަކަށްވެސް އަނިޔާވެރި ވުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއް. ﷲ ތަޢާލާ އެ އިލާހުގެ އަމިއްލަ ޒާތުފުޅަށް ވަނީ އަނިޔާވެރިކަން ޙަރާމް ކުރައްވާފައި، އަދި މީސް ތަކުންގެ މެދުގައި އަނިޔާވެރި ނުވުމަށް ޙައްޖަތުލް ވަދާޢު ދުވަހުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ އުންމަތަށް މަނާ ކުރައްވާފައި، ޚާއްޞަ ގޮތެއްގައި އަނބިމީހާދެކެ ލޯބި ވުމާއި، އަނބި މީހާއަށް އަޅާލުމާއި، އޯގާތެރި ވުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންތައްތައް.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް