ޟުޙާ ނަމާދުގަ ކުރަންވީ ކިތައް ރަކްޢަތްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޟުޙާ ނަމާދުގަ ކުރަންވީ ކިތައް ރަކްޢަތްތޯ؟

ޟުޙާ ނަމާދުގަ ކުރަންވީ ކިތައް ރަކްޢަތްތޯ؟ 

ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ފެންނަން ހުރި ޞައްޙަ ޙަދީޘްފުޅުތަކަށްބަލާއިރު ޟުޙާ ނަމާދުގަ 2 ރަކްއަތް ކުރަން ރަސޫލް () އިރުޝާދު ދެއްވަވާފައިވެއެވެ. އަދި 4 ރަކްޢަތާއި 8 ރަކްޢަތް ރަސޫލް () ވަނީ ކުރައްވަވައިފައެވެ. 8 ރަކްޢަތް ކުރައްވަވާފައިވަނީ މައްކާ ފަތަޙަ ކުރެއްވެވި ދުވހުއެވެ. 

އެންމެ ގިނަ ހަދީޘްފުޅުތައް ރިވާ ކުރެއްވެވި އެއް ބޭކަލަކު ކަމުގައިވާ އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ ޞާޙިބާ، () 3 ކަމަކަށް ތިމަންނާއަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި ޞުޙާގެ 2 ރަކްޢަތް ނަމާދު ކުރުމާއި ނިދުމުގެ ކުރިން ވިތުރިކުރުން ކަމަށެވެ." 

އަބޫ ޛައްރުވެސq ރިވާކުރައްވަވާފައިވަނީ 2 ރަކްޢަތް ކަމަށެވެ. 12 ރަކްޢަތް ކަމަށް ބަޔާން ކުރާ ޙަދީޘަކީ ސަނަދުގެ ގޮތުން ބަލިކަށި ޙަދީޘްއެކެވެ.

ޟުޙާ ނަމާދުގެ ވަގުތަކީ އިރުއަރައި 15 ވަރަކަށް މިނިޓް ވުމެވެ. 

ވީމާ ސުންނަތުން ސާބިތުވާ ޢަދަދުތަކުން އެމީހަކުކުރަން ބޭނުންވަރަކަށް ކުރާށެވެ. އެއީ 2،4،8 އެވެ.  

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން