ސުންނަތް ނަމާދުތަކުގަވެސް 2 އައްތަޙިއްޔާތުވެސް ކިޔަންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސުންނަތް ނަމާދުތަކުގަވެސް 2 އައްތަޙިއްޔާތުވެސް ކިޔަންޖެހޭނެތޯ؟

ސުންނަތް ނަމާދުތަކުގަވެސް 2 އައްތަޙިއްޔާތުވެސް ކިޔަންޖެހޭނެތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ފަރުޟު ނަމާދުގައިވެސް ސުންނަތް ނަމާދުގައިވެސް ފުރަތަމަ އައްތަޙިއްޔާތާއި ފަހު އައްތަޙިއްޔާތާއި 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ.

ޚާއްޞަގޮތެއްގައި ފަހު އައްތަޙިއްޔާތުގައި އިބްރާހީމް ޞަލަވާތް ކިޔެވުމަށްފަހު ފަހަތުން އަންނަ ދުޢާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެ ދުޢާތަކުގައި ވަނީ އެކަންކަމުން ރައްކައުތެރިކަމަށް އެދި ދުޢާކުރުމަށް ރަސޫލް (ﷺ) އިރުޝާދު ދެއްވަވާފައިވާ ކަންކަމެވެ.

ވީމާ ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތް ނަމާދުތަކުގައިވެސް 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ. އަދި އައްތަޙިއްޔާތުގައި އެމީހަކު އެދެން ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން ވެސް ގެންދާށެވެ!

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން