"މީސްތަކުންގެ ދުލުން ސަލާމަތްވެވޭނެކަމަށް ހީކޮށްފިމީހަކީ މޮޔައެކެވެ.": އިމާމް ޝާފިޢީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
"މީސްތަކުންގެ ދުލުން ސަލާމަތްވެވޭނެކަމަށް ހީކޮށްފިމީހަކީ މޮޔައެކެވެ.": އިމާމް ޝާފިޢީ

އިމާމް ޝާފިޢީ ރަޙިމަހުالله ވިދާޅުވިއެވެ. "މީސްތަކުންގެ ދުލުން ސަލާމަތްވެވޭނެކަމަށް ހީކޮށްފިމީހަކީ މޮޔައެކެވެ." 

ވަރަށް ތެދު، ޙައްޤު ބަސްފުޅެކެވެ. އެއްވެސް އިންސާނަކަށް މީސްތަކުންގެ ދޫތަކުން ސަލާމަތްވެވޭނެނަމަ ރަސޫލާ އަށް ސަލާމަތްވެވަޑައިގެންނެވުނީހެވެ. އެހެންކަމާއިއެކުވެސް އިތުރު ރަސޫލާ ގެ ޒަމާނުގައިވެސް އަދި މިއަދުވެސް އިތުރު ޞާޙިބާއަށް ނުބައިބަސްތައް ބުނާ މީހުން ބައިވަރެވެ. 

އެހެންކަމާއިއެކުވެސް ވިސްނާލަން ޖެހޭނެ ކަމެއް އެބައޮވެއެވެ. އެއީ ތިމާކުރާ ކަންކަމުގައި ތެދުވެރިވެ އިޚްލާޞްތެރިވުމެވެ. ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންގަތުމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. ބަހާއި އެއްގޮތްކުރުމެވެ. 

ހަމައެއާއިއެކު ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ، ދައުލަތުގެ އިސްމަޤާމެއްގައި ހުރި މީހަކުނަމަ އެމަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިވެ އިޚްލާޞްތެރިވާންޖެހޭނެއެވެ. މަޤާމް ނުލިބޭއިރު ކަންބޮޑުވުން ފައުޅުކުރިކަންކަން އިޞްލާޙްކުރުމުގެ ބާރު ﷲ ތަޢާލާ ދެއްވަވައިފިނަމަ އެކަންކަން އިޞްލާހްކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަމަށް ހުރަސްތަކެއް ހުރިނަމަ އެކަންކަން ރައްޔިތުންނަށް ކިޔައިދީ އޮޅުންފިލުވައިދޭން ޖެހޭނެއެވެ. 

އެކަންކަން އެގޮތަށް ކުރެވިއްޖެނަމަ މީސްތަކުންގެ ކުރިމަތީގައި އޭނާއަކީ މޮޔައަކަށްވީނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކުވާނީ ޤަދަރުއުފުލިގެންވާ ޢިއްޒަތްތެރިއަކަށެވެ. ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުއުފުލިގެންވާ މީހަކަށްވުމެވެ.

 

މިއަދު އޮންލައިން