އެމްއާރުއައި ހެދުމުގަ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެ ގެނެސް އެންމެ މަތީ ހަރުފަތަށް އޭޑީކޭ ހޮސްޕިޓަލް ޖެހިލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެމްއާރުއައި ހެދުމުގަ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެ ގެނެސް އެންމެ މަތީ ހަރުފަތަށް އޭޑީކޭ ހޮސްޕިޓަލް ޖެހިލައިފި!

އެމްއާރުއައި ހެދުމުގަ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ސީމަންސް 3ޓީ މެގްނެޓޮމް ލުމިނާ ރާއްޖެ ގެނެސް އެންމެ މަތީ ހަރުފަތަށް އޭޑީކޭ ހޮސްޕިޓަލް ޖެހިލައިފިއެވެ. 

މިމެޝިނުން އެމއާރުއައި ހަދަން ނަގާނީ ކުރީގެ މެޝިންތަކަށްވުރެ މާކުޑަކުޑަ ވަގުތުކޮޅެކެވެ. އަދި ކުރެހުންތައް މާބޮޑަށް ސާފުވާނެއެވެ. ވީމާ މިއީ އެމްއާރުއައިހަދަން ޖެހިލުންވެ ބިރުގަންނަ މީހުންގެ މައްސަލަތައްވެސް ޙައްލުވެގެންދާނެކަމެކެވެ. އަދި ކުރެހުންތައް ބޮޑުތަނުން އިތުރަށް ސާފުވުމަކީ ބަލި ދެނެގަންނަން ޑޮކްޓަރުންނަށް ބޮޑުތަނުން އިތުރަށް ފަސޭހަވެގެންދާނެ ކަމެކެވެ. 

އޭޑީގެ ޗެއާމަން އަހުމަދު ނާޝިދު މިއަދުވަނީ މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ތާރީހުގައި ލިބުނު ބޮޑު ކާމިޔާބީ އެއްކަން ފާހަގަކުރައްވައިފައެވެ. 

ރޭގެ ވަގުތެއްގައި މެޝިން ރާއްޖެއަށް ގެނެސްފައިވަނީ ބޮޑު ޚަރަދެއްކޮށްގެން ގަތަރު އެއާވޭސްގެ ހާއްސަ ފްލައިޓެއްގަ އެވެ. 

އޭޑީކޭ ހޮސްޕިޓަލުން ގެންދަނީ ކިތަންމެ ބޮޑު އިންވެސްޓެއްކޮށްގެންވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ރާއްޖޭގައި ޚިދުމަތްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކުގައި ގެންދަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހާޞިލުކުރަމުންކަން ވެސް ފާހަގަކުރެވެއެވެ. 

 

މިއަދު އޮންލައިން