ސަޖިދައިގަ ދުޢާކުރަންޖެހޭނީ ޢަރަބިބަހުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސަޖިދައިގަ ދުޢާކުރަންޖެހޭނީ ޢަރަބިބަހުންތޯ؟

ސަޖިދައިގަ ދުޢާކުރަންޖެހޭނީ ޢަރަބިބަހުންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

"ސަޖިދައިގައި ދުޢާކުރުން މޮޅު އިތުރުވެގެންވަނީ ޢަރަބިބަހުންނެވެ. ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން ނުއެނގޭ ނަމަ އެމީހަކަށް އެނގޭ ބަހަކުން ﷲ ތަޢާލާއަށް ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ﷲ ގެ އަޅާ ﷲ އަށް ދުޢާކުރަން އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ!"

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެމީހަކު ދުޢާކުރަން ބެހޭ ކަމަކާއި ބެހޭގޮތުން ކުރަން ކީރިތި ޤުރްއާނުގައި ނުވަތަ ޙަދީޘްފުޅުގައި ދުޢާއެއް އޮތްތޯ ބަލައި ދުޢާ ހޯދައިގެން ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން މަސައްކަތްކުރަންވާނެ ކަމަށެވެ.

އެފަދަ ގޮތަކުން ދުޢާ ނުލިބުމުން ނަމަވެސް އަދި ދުޢާކުރަން އެމީހަކު ބޭނުންވާ ކަމަކަށް އެދި ކުރާނެ ދުޢާއެއް ކީރިތި ޤުރްއާނުގައި ނުވަތަ ޙަދީޘްފުޅުގައި ނެތް ނަމަވެސް އެމީހާ ވާހަކަ ދައްކާ ބަހުން ދުޢާ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޢަރަބިބަހުން ދުޢާކުރުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ!

 

މިއަދު އޮންލައިން