ދަރަނިވެރިވެފައިވާނަމަ ދަރަނިތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދަރަނިވެރިވެފައިވާނަމަ ދަރަނިތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ބޭންކުތަކުން ތަފާތު ނަންނަމުގައި ލޯނުތައް ދިނުމުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި މީސްތަކުން އަންނަނީ ލޯނު ނަގަމުންނެވެ. ފަހުން އަގުދައްކާގޮތަށް ނުވަތަ ދިގު މުއްދަތަކަށް ބަހާލައިގެން އަގުދައްކައި ނިންމާ ގޮތަށް ހަމައަގަށްވުރެ އެތައް ގުނައެއް ބޮޑުގައި ގިނަ ބައަކު އަންނަނީ ތަކެތި ގަންނަމުންނެވެ. ނުވަތަ ދަރަންޏަށް ތަކެތި ހޯދަމުންނެވެ. ކޮންމެ ނަމެއް ކިޔަސް ކަމުގެ އަޞްލަކީ ދަރަނިވެރިވުމެވެ.

ޤަބޫލުކުރިނަމަވެސް ނުކުރިނަމަވެސް ތަހްޒީބުގެ ނަމުގައި އަހަރެމެންގެ ތެރޭގައި އުފެދިފައި މިވަނީ ރިބާ އާއި ދަރަނީގެ ނުރައްކައުތެރި ކޮޅިގަނޑެކެވެ. އެކޮޅިގަނޑުގެ ޝިކާރައަކަށް ވާން ގިނަ ބައަކަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ.

ލިބޭ އާމްދަނީނެ ދެކޮޅު ޖައްސައި ދަރަނި އަދާކުރެވޭނެ ކމަށް ބަލައިގެން ހުއްޓާ ކުއްލިއަކަށް އައިސް ބައްދަލު ކުރަނީ ހީވެސް ނުކުރެވި އޮތް ކަންތައްތަކެކެވެ. ވަޒީފާވަޒީފާވެސް ގެއްލެނީއެވެ. ކުރަމުން އަންނަ ވިޔަފާރި ހީނަރުވެ ބަނގުރޫޓުވެގެން ދަނީއެވެ.

ކުރިމަތިވަމުން އަންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ދަރަނިވެރިވެފައިވާނަމަ ކުރިއާލައި ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދާށެވެ!

(للّهُـمَّ اكْفِـني بِحَلالِـكَ عَنْ حَـرامِـك، وَأَغْنِـني بِفَضْـلِكِ عَمَّـنْ سِـواك)

(މާނައީ: "ޔާ ﷲ! އިނބަ ﷲ ޙަރާމްކުރެއްވެވި ކަންތަކުގެ ބަދަލުގައި އިނބަ ﷲ ޙަލާލްކުރެއްވެވި ކަންތަކުން މިއަޅާ ފުދުންތެރިކުރައްވަވާނދޭވެ! އަދި އިނބަ ﷲ ފަޟްލްވަންތަވެރިކަމުން މިއަޅާ އިނބަ ﷲ ފިޔަވައި އެހެންފަރާތްތަކުން ފުދުންތެރިކުރައްވަވާނދޭވެ!")

ކުރިމަތިވާ ދަތިތަކުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން