ﷲ ގެ އިންޒާރު!: "ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟" ވަޙީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ގެ އިންޒާރު!: "ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟" ވަޙީ

ފާފަކޮށްފައި މީސްތަކުންނަށް ވަންހަނާކުރެވިދާނެއެވެ! ނަމަވެސް ﷲ ތައާލާއަށް ސިއްރެއް ނުކުރެވޭނެއެވެ! އެހެންކަމާއިއެކުވެސް ބައެއް މީހުން މަކަރާއި ހީލަތް ހެދުން، ކޮރަޕްޝަންގެ ޢަމަލުތައް ކުރުން، ވައްކަން ކުރުން ފާހިޝް އަމަލުތައް ކުރުން، ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ކެއުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުމަށްފަހު މީސްތަކުންނަށް އެކަމުގެ ޙަޤީޤަތް އޮޅުވާލައި ކުރި ފާފަތައް ޒީނަތްތެރިކުރެއެވެ.

މީސްތަކުންނޭވެ! މި ބަޔާންކުރި ފަދައިން އަމަލުކުރާނެ ބައަކު ދުނިޔޭގައި އުޅޭނެކަން ﷲ ތައާލާ މާކުރިން ދެނެވޮޑިގެންވެއެވެ! އެހެންވެ ﷲ ތަޢާލާ ވަނީ މާކުރިން އިންޒާރުގެ އާޔަތްތައް ވަޙީކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެއް އާޔަތުގައިވެއެވެ.

"ނުބައި ކަންތައް ކުރާ މީހުން ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ .(އަލްޢަންކަބޫތު: 4)

ބޮޑެތި ދޮގުތައް ހަދައި މީސްތަކުންނަށް ކަންކަން އޮޅުވާލަމުން ގެންދާއިރު ފިސާރި ރަނގަޅަށް ހަނދުމަކުރާށެވެ! ތިމާ ކުރާ ކޮންމެ ކަމަކާއި ހިތަށް އަރާކަންކަން ބައްލަވައި ލިޔުއްވަވާނެ 2 މަލާއިކަތުން ތިބާ އާއިއެކުގައި އަބަދުވެސް ވެއެވެ.

ޖެހިގެން އޮތް އާޔަތްވެސް އަޑުއަހައިލާށެވެ!

ﷲ އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްޢަންކަބޫތު: 5)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން