ކެންސަރުގެ އެންމެ ސީރިއަސް ޙާލަތުގަ ހުރި އަންހެނަކު ފަރުވާއަކާ ނުލައި ރަނގަލުވިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ކެންސަރުގެ އެންމެ ސީރިއަސް ޙާލަތުގަ ހުރި އަންހެނަކު ފަރުވާއަކާ ނުލައި ރަނގަލުވިގޮތުގެ ވާހަކަ-

"އަޅުގަނޑުގެ ދޮންބޭބެއަކީ ސީރިއަސް ބައްޔަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހެކެވެ. ޑޮކްޓަރުން ބުނަނީ ފަރުވާހޯދިނަމަވެސް އެއްވެސް އުންމީދެއް ނެތްކަމަށެވެ. އެހެންވެ ދޮންބެ ނިންމައިގެން ހުންނަނީ ފަރުވާ ނުހޯދުމަށެވެ. މިޙާލަތުގައި ދޮންބޭބެއަށް ދެވިދާނެ ނަޞޭޙަތަކީ ކޮބައިތޯއެވެ؟"

ޖަވާބުގައި ބުނަން ޖެހެނީ ދުނިޔޭގައި ކަންކަން ހެނިގަމުން އަންނަ ގޮތް ވިސްނައިދޭން މަސައްކަތްކުރާށެވެ. ތިރީގައި އެވަނީ ކެންސަރު ޖެހި ޑޮކްޓަރުން އުންމީދު ކަނޑައިލި އަންހެނަކަށް އެއްވެސް ފަރުވާއަކާއި ނުލައި ޝިފާ ލިބުނު ގޮތުގެ ވާހަކައެވެ. މިފަދަ އެތައް ކަމެއް ދަނީ ހިނގަމުންނެވެ. އެކަންކަމުގެ ވާހަކަތައް ކިޔައިދީ ހިތްވަރުދޭށެވެ.

ފަރުވާވެސް ހޯދާށެވެ. އަޅުކަންކުރުން އިތުރުކޮށް ދުޢާވެސް ކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ.

ކީމޯތެރަޕީ އާ ރޭޑިއޭޝަނަށްވުރެ މުސްލިމުންގެ އަޤީދާ އާ ދުޢާގެ ބާރު ގަދަކަން ފެނި ޑޮކްޓަރުންތަކެއް އިސްލާމްވުން

އަނީސާގެ ހަށިގަނޑުން ކެންސަރުގެ އަސަރު ފެނުނީ އުމުރުން އެންމެ 26 އަހަރުގައެވެ. ފެނުނު ދުވަހުން ފެށިގެން އައި ފަރުވާ ދެމުންނެވެ.

އަނީސާ ހަށިގަނޑުން ކެންސަރު ފެނުނީ ކަށިތަކުންނެވެ. ފުރަތަމަ ސްޓޭޖްގައި ތަފާތު ފަރުވާތައް ދެމުން އައިސް 3 ވަނަ ސްޓޭޖަށް އެޅުމުން ޑޮކްޓަރުން ނިންމީ ރޭޑިއޭޝަން ދިނުން ގޮތެއް ނެތް ކަމަށެވެ. ނަމަވެސް އެއިރު އަނީސާގެ ޞިއްޙީ ހާލަތު ދަށަށް ގޮސްފައިވާތީ ރޭޑިއޭޝަން ދެވިދާނެ ކަމާއިމެދު ސުވާލު އުފެދުނެވެ. އަދި އެކަމަށް އަނީސާ އާއި މަޝްވަރާ ކުރިއެވެ.

ޑޮކްޓަރުން ބުނީ ރޭޑިއޭޝަން ދެވޭވަރަށްވުރެ އަނީސާގެ ހަށިގަނޑު މާބަލިކަމަށެވެ. އެހެންކަމުން ރޭޑިއޭޝަން ދީފި ނަމަ ވަގުތުން ފުރާނަ ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ޖަވާބުގައި އަނީސާ ބުނީ ފުރާނަ ދާނީ އެކަމުގެ ވަގުތު ޖެހުމުން ކަމަށެވެ. ފުރާނަ ހިނގައިދާނެ ކަމަށް އެއްވެސް ބިރެއް ނެތް ކަމަށެވެ. ޑޮކްޓަރުންނަށް ދެވެން އޮތް ކޮންމެ ފަރުވާއެއް ލިބިގަތުމަށް ތައްޔާރަށް ހުރި ކަމަށެވެ.

އެހެންކަމާއިއެކުވެސް ރޭޑިއޭޝަން ދޭން ޑޮކްޓަރުން ބޭނުމެއް ނުވިއެވެ. ނުދޭނަމޭ ނުބުނަންވެގެން ބުނީ އިތުރު ކަމެއް ކުރާނީ 30 ދުވަސް ފަހުން ކަމަށެވެ. 30 ވަނަ ދުވަހު އަންނައިރު އެޑްމިޓް ވުމަށް ތައްޔާރުވެގެން އައުމަށެވެ. ހަޤީޤަތުގައި ޑޮކްޓަރުންގެ ވިސްނުމުގައި ހުރީ 30 ދުވަސްވަންދެން އަނީސާ ދުނިޔޭގައި ނުހުންނާނެ ކަމަށެވެ.

އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއް ނެތި އަނީސާ ދިއައީ ގެއަށެވެ. ގެއަށް ދިއުމަށްފަހު އަބަދުވެސް ހެޔޮ އަމަލުތައް ކުރަމުން އަންނަ އަނީސާ ހެޔޮ އަމަލުތައް ކުރުން ކުރިއަށްވުރެވެސް އިތުރުކުރިއެވެ.

ކޮންމެ ރެއަކު 2 ޖެހުމުން ހޭލައި ދަމުނަމާދުކުރެއެވެ. ކީރިތި ޤްރްއާން ކިޔެވުމާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ޞަލަވާތް ކިޔަވައި ދުޢާކުރުންމަތީގައި ފަތިސް ނަމާދުވަގުތުވަންދެން އިނދެއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް 30 ދުވަސް ހަމަވުމުން ރޭޑިއޭޝަން ލިބިގަތުމަށް ހޮސްޕިޓަލަށް ދިއައެވެ. ޢާއިލާގެ ކިބައިން އެދުނީ އޭނާއަށްޓަކައި ހޮސްޕިޓަލުގައި ކުރަންޖެހޭ އިއުތިރާޒެއް ނެތްކަމުގެ ސޮއިކޮށް ދިނުމަށެވެ.

ޑޮކްޓަރުންގެ ޓީމަށް އަނީސާ ފެނުމުން ލިބުނީ ނުތަނަވަސްކަމާއި ހައިރާންކަމެވެ. ނުތަނަވަސްކަން ލިބުނީ މަރުވާން ފޮނުވި ބަލިމީހާ ގަދަވެ ހެޔޮހާލުގައި އެނބުރި އައުމުންނެވެ. ހައިރާންކަން ލިބުނީ އަނީސާގެ ހަށިގަނޑު ކުރިއަށްވުރެ ރަނގަޅުވެ މޫނަށް ތާޒާކަން ލިބިފައި ވުމުންނެވެ.

ޑޮކްޓަރުން ބޭނުންވީ އިތުރު ސްކޭންތަކާއި ޓެސްޓްތައް ހަދައި މިހާރުގެ ޙާލަތު ބަލައިލުމަށެވެ. ސްކޭން އާއި ޓެސްޓްތައް ހެދުމުން ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ހައިރާންކަން ޔަޤީންކުރުމަށް 3 ލެބޯޓްރީން ޓެސްޓްތައް ކުރުމުންވެސް ދެއްކީ ހަމަ އެއް ނަތީޖާއެކެވެ. ކެންސަރުގެ އެއްވެސް އަސަރެއް މިހާރު އަނީސާގެ ގައިގައި ހަމަ ނެތް ކަމަށެވެ.

ޑޮކްޓަރުން އަނީސާ އާއި ސުވާލުކުރިއެވެ. ހޯދި އިތުރު ފަރުވާ އާއިމެދުގައެވެ. ފަރުވާ ހޯދި ތަނަކާއިމެދުގައެވެ. ފަރުވާ ދިނީ ކޮން ޑޮކްޓަރެއް ކަމާއިމެދުގައެވެ.

އަނީސާ ބުނީީ ޑޮކްޓަރަކީ މާތް ﷲ ކަމަށެވެ. ބޭހަކީ އޭނާ ކުރި އަޅުކަމާއި ދުޢާ ކަމަށެވެ. އަދި ދެކެވޭ ވާހަކަތަކާއި ހިނގާ ހުރިހާ ކަމެއް މާތް ﷲ ބައްލަވައި ވޮޑިގެންވާ ކަމަށެވެ.

އަނީސާގެ ވާހަކަތައް 5 ޑޮކްޓަރުން ހިމެނޭ ޑޮކްޓަރުންގެ ޓީމުން ވަރަށް ރަނގަޅަށް އަޑުއެއްސެވެ. ވަކި ޖަވާބެއް ނުދެއެވެ. ބުނީ އަނީސާއަށް މިހާރު އިތުރު ފަރުވާއެއް ބޭނުން ނުވާ ކަމަށާއި މަސްދުވަސްފަހުން އެނބުރި ޗެކަޕަކަށް އައުމަށް އެދޭ ކަމަށެވެ.

ޖެހިގެން އައި ހުކުރު ދުވަހު އަނީސާ އާދައިގެމަތިން އަވަށުގެ އިސްލާމިކް ސެންޓަރަށް ދިއައެވެ. ޢަޞްރު ނަމާދަށްފަހު އޮންނަ ދަރުސް އަޑު އެހުމަށެވެ. ދަރުސްގެ ތެރެއިން އަނީސާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނާއަށް ފަރުވާކުރި 5 ޑޮކްޓަރުން އިސްލާމް ދީނަށް ވަދެ އެމީހުން އިސްލާމްވި ސަބަބު ހާމަކުރުމުންނެވެ.

5 ޑޮކްޓަރުން ވެސް ބުނީ ކެންސަރަށް ދޭ ފަރުވާ ކަމަށްވާ ކީމޯތެރަޕީ އާއި ރޭޑިއޭޝަނަށްވުރެ މުސްލިމުންގެ އަޤީދާ އާއި ދުޢާގެ ބާރު މާގަދަ ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވަނީ މާތް ﷲ ގެ މަތިވެރިކަމުން ކަމަށެވެ. ބަލިތަކަށް ޝިފާ ލިބުމާއި އެފަދަ ހުރިހާ ކަންކަމެއްގެ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ މާތް ﷲ އަށް ކަމަށް އެމީހުން މިހާރު ޔަޤީންކުރާ ކަމަށެވެ. އެހެންކަމުން އެމީހުން ފަރުވާދޭ ކޮންމެ ބަލިމީހަކަށްވެސް މިވާހަކަތައް ކިޔައިދޭނެ ކަމަށެވެ.

އެތަނުން އެއް ޑޮކްޓަރަކު ވާހަކަދައްކަމުން އަނީސާގެﷲ އެވެ ބުނުމުން އަނީސާ ލަދުވެސް ގަތެވެ.

 

މިއަދު އޮންލައިން