މަރުވުމުގެ މަރުޙަލާގަ މެދުވެރިވާނެ މިކަންކަމަށް ވިސްނާނަމަވެސް ޢަމަލުތައް އިޞްލާޙްކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
މަރުވުމުގެ މަރުޙަލާގަ މެދުވެރިވާނެ މިކަންކަމަށް ވިސްނާނަމަވެސް ޢަމަލުތައް އިޞްލާޙްކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އާޚިރަތް އެދޭ މީހާ ހަޔާތުގައި އެންމެ އިސްކަމަކަށް މަރަށް ތައްޔާރުވުން ހަންޖެހޭނެއެވެ. އެހެން ހުރިހާ ކަންކަން އެއިގެ ފަހަތުން ލިސްޓް ކުރާށެވެ! އެންމެ މުހިންމު މެސެޖް ޕޭޖުގެ އެންމެ މަތީގައި ޕިންކުރާ ފަދައިންނެވެ! އެ ޕިން ނައްޓައިނުލާށެވެ! އެހެނީ އެއަށްވުރެ މުހިންމު އެއވެސް ކުރިމަތިނުވާނެތީއެވެ!

"މަރުގެ މަލާއިކަތާ ލޮލަށް ފެނެއެވެ! މަލާއިކަތާ ވިދާޅުވާ ބަސްފުޅުތަކުގެ އަޑު އިވެއެވެ! ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއިން އެއްވެސް ވާހަކައެއް އެމީހެއްގެ ގާތުގައި އެއިރު ތިބޭ އަނބިދަރިން ގާތުގައި ބުނެލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. ކިތަންމެ ފުރިހަމަ ޞިއްހަތެއްގައި ހުރި މީހަކު ނަމަވެސްމެއެވެ. އެންމެ ކުޑަމިނުން ދުލުން ބަހެއް ބުނެލުމުގެ އިޚްތިޔާރުވެސް އެދަނީ ގެއްލިގެންނެވެ."  

މަރު ހިއްޕަވަން މަރުގެ މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެއެވެ. މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ! ހުންނަވާނީ ހުދު ހެދުނަކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެމީހާއަށް އެންމެ ކަންބޮޑުވާންޖެހޭނެ ވަގުތެވެ! 

އެ ވަގުތުކޮޅަކީ އެމީހަކު ދުނިޔޭގައި އޮތް ނަމަވެސް ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާ ވަގުތެވެ. ފެންނަ އެއްވެސް ކަމަކާއި ހިނގާ އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް އެމީހަކަށް ނުދެއްކޭނެއެވެ. ނިކަން ވިސްނައިލަބަލާށެވެ!  އޭނާއަށް މަރުގެ މަލާއިކަތާ ފެނެއެވެ. އަދި އެމަލާއިކަތާ ވިދާޅުވާ ބަސްފުޅުތަކުގެ އަޑު ވެސް އިވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލޮލަށް ފެނި އަޑު އިވޭ އެއްވެސް ކަމެއްގެ ވާހަކަ އެވަގުތަކު ނުދެއްކޭނެއެވެ!  

ދެން އޮތީ ހިނަވައި ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުމެވެ! ކަންތައްތައް ފެށިގެން މިދަނީ އެ ހިސާބުންނެވެ!  

މައްޔިތާ ގެންގޮސް ކައްވަޅުގައި ވަޅުލެވޭ އިރަށް ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައެވެ. މިގޮތަށް ފިއްތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ރަސޫލް (ޞޢވ)ގެ ޙަދިޘްފުޅުތަކުން އެނގެނީ އެކަން އެގޮތަށް ހިނގާނެ ކަމެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައަވްޅުގައި ސުވާލުކުރެވޭނީ އެކަން ހިނގުމަށްފަހުގައެވެ.  

މިފަދަ ވާހަކަތައް ދައްކާއިރަށް އެއް ބައަކު މިބުނަނީ ތިއައީ ދެން ދައްކަން ކޮން ވާހަކައެއް ހެއްޔެވެ؟ ތިއަ ފަދަކަންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެއީ އާޚިރަތް އޮތްކަމާއި މި މުޞީބާތްތައް ކުރިމަތިވާނެ ކަމަށް ޤަބޫލު ނުކުރާ މީހުންނެވެ. އާޚިރަތް އަންނާނެކަން ޤަބޫލު ނުކުރި މީހުންނަށް (މަރުވެފައިވާ) މީހުންނަށް މިހާރު އެވަނީ އާޚިރަތް އައިސްފައެވެ. އާޚިރަތުގެ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައެވެ. ކޮންފަދަ ބޮޑެތި މޮޔައިން ހެއްޔެވެ؟ ކުރިމަތިލާން ޖެހިފައި އެވަނީ ކޮންފަދަ ބޮޑެތި ބިރުވެރި ކަންކަމާއި ހެއްޔެވެ؟ އެފަދަ ބޮޑެތި މޮޔައިންނަށްވެ އަމިއްލައަށް ގަދަފަދަ އަޒާބުގެ ތެރެއަށް ވެއްޓި ނުގަންނާށެވެ!  

ވިސްނާށެވެ! އެންމެ ގާތް މީހުން ކުއްލި ގޮތަކަށް މަރުވެގެން ކިތައް ފަހަރު ޚަބަރުލިބިއްޖެ ހައްޔެވެ؟ މާދަން ނުވަތަ ކޮންމެ ވަގުތަކުވެސް އެހެން މީހުން މެސެޖުކުރަން ފަށާނީ ތިބާ މަރުވެގެން ނޫންކަން އެނގެނީވެސް ކިހިނަކުން ހެއްޔެވެ؟ މަރަށް ތައްޔާރުވާން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޢާއިލާގެ އެންމެންނާއި ހުރިހާ އެކުވެރިން ދޫކޮށް ތިމާ އެކަނި ކައްވަޅަށް ދާންޖެހޭނެ ވަގުތަށެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިކަމަށް ސަމާލުކަމެއް ނުދެވެއެވެ. މަރަށް ވާންޖެހޭ ތައްޔާރީތަކެއް ނުވެވެއެވެ. ގިނަ އަދަދެއްގެ މީހުންނާއި މަރުގެ ބައްދަލު ކުރައްވަވަނީ ތައްޔާރު ނުވެ ހެއްޓައެވެ. ކުރިން މިބުނި ފަދައިން މަރުގެ މަލާއިކަތާ ލޮލަށް ފެނުމަށްފަހު އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކޭނެއިރު ޝަހާދަތް ކިޔައިލުމުގެ ފުރުޞަތުވެސް ލިބޭނީ ހަމައެކަނި މަރަށް ތައްޔާރުވެގެން ހުންނަ މީހަކަށެވެ.  

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން